ރުވާންޑާގައި 1994 ވަނަ އަހަރު ހިނގި ގަތުލުއާންމު ހުއްޓުވުމަށް ފަރަންސޭސިވިލާތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ

Loading

Facebook
Twitter
WhatsApp

ރުވާންޑާގައި 1994 ވަނަ އަހަރު ހިންގާފައިވާ ގަތުލުއާންމަކީ މުޅި ދުނިޔެ ސިއްސުވާލި، އިންސާނީ ކަރާމާތާ ދެކޮޅަށް ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ. މި ގަތުލުއާމުގައި ޖުމަލަ 800000 އަށްވުރެ ގިނަ މީހުން އެއްވެސް ކުށަކާ ނުލައި ގަތުލު ކުރެވުނެވެ. މި ފަދަ ބޮޑު ކަމެއް ހިނގަމުން ދިޔައިއިރު އެކަން ނުހުއްޓުވުނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިން މިކަމަށް ބީރުކަންފަތެއް ދިނުމުންނެވެ.

ރުވާންޑާގެ ސަރުކާރުން މިކަމާ ބެހޭގޮތުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ގަތުލުއާންމު ހިނގަމުން ދިޔައިރު ފަރަންސޭސިވިލާތުގެ ސަރުކާރުން ވަނީ މިކަމަށް އިހުމާލު ވެފައެވެ. މި ޖަރީމާ ހިންގަމުން ދިޔަ އިރު ފަރަންސޭސިވިލާތުގެ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ދުނިޔެއަށް ކަންކަން ސިއްރުކޮށް ކުށްކުރަމުންދިޔަ މީހުންނަށް ހިމާޔަތް ދީފައެވެ. ހަސަތޭކަ ސަފުހާގެ މި ރިޕޯޓުގައި ފަރަންސޭސި ވިލާތުގެ ސަރުކާރަށް މިފަދަ ބޮޑު ކުށެއް ބަޔަކު ހިންގަމުން ދާކަން އެނގިހުރެމެ އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. މި ރިޕޯޓު އާންމުންނަށް ފެންނާނެހެން ހޯމަދުވަހު ނެރުމަށް ވަނީ ރުވާންޑާގެ ކެބިނެޓުން ނިންމަވާފައެވެ.

ރުވާންޑާގައި ހިންގުނު ގަތުލުއާންމު ފެށިފައި ވަނީ އެ ގައުމުގެ ބާރުގަދަ ގްރޫޕެއް، އަނެއް ގްރޫޕުގެ މީހުން އެއްކޮށް ނައްތާލުމުގެ ނިޔަތުގައި ހިންގި ޕްރޮޕަގެންޑާއެއްގެ ސަބަބުންނެވެ. މި ދެ ގްރޫޕުގެ ދެމެދުގައި ހުރި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުށެއްނެތް އެތަކެއް ބަޔެއްގެ ލޭ އޮހޮރިގެންދިޔުމަށް މަގުފަހިވެގެން ދިޔައީއެވެ. މިކަން ހިނގާފައިވަނީ ޖުވެނަލް ހަބްޔަރިމަނާގެ ވެރިކަމުގެ ދުވަސްވަރުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް