ކޯވިޑް19: މިއަދު ފެނުނީ އިތުރު 253 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 253 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 61 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 64 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްތަކުން 17 މީހަކުވަނީ ފައްސިވެފައެވެ. އަނެއް 111 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 26,920 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,905 އެކްޓިވް ކޭސް ހިމެނޭއިރު 83 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 71 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 23,935 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް