މަރުގެ ސަކަރާތް:

Loading

Facebook
Twitter
WhatsApp

ނުބައިމީހުންގެ ފުރާނަ މިދުނިޔެއިން ވަކިވެ އާޚިރަތާއި ކުރިމަތިލުމުން ކަޅުއަނދިރި މޫނެއްގެ ވެރި އެތަކެއް ހާސް މަލާއިކަތުން ވަރަށް ނުބައި ވަސްދުވާ ސާންތިތަތެއް ހިއްޕަވއިގެން އޭނާގެ ކައިރއަށް ވަޑައިގެން އެތުރިގެން ތިއްބަވާނެއެވެ. މިބެއިކަލުންގެ ސަފުތައް އޭނާގެ ލޮލުކޮޅަށް ދެމިގެންދާނެއެވެ.

އެހިނދު މަލަކަލް މައުތް ވަޑައިގެން ވިދާޅުވާނެއެވެ. ”އޭ ނުބައި ފުރާނައާއެވެ. ކަލޭ ހެއްދެވިފަރާތުގެ ނުރުއްސެވުމާއި ދިމާއަށް އަންނާށެވެ.“ މަލަކަލް މައުތުގެ މި އަޑުފުޅު އަހާފައި އެމީހާގެ ފުރާނަ ހަށިގަނޑުގެ އެތެރޭގައި އެތަންމިތަނަށް ދުވަންފަށާނެއެވެ. ދެން އެމަލާއިކަތާ އޭނާގެ މެއާއި މޫނާއި ބުރަކަށީގައި އަލިފާނުގެ ހަނމުށިން ތަޅުއްވަން ފަށްޓަވާނެއެވެ. އަދި ތުނި ފަށުއި ފޮތިކޮޅެއް ފަތްނެތް ކަށިގަހެއްގެ ތެރެއިން ދަމާނެރޭ ފަދައިން އެ ފުރާނަ ހަށިގަނޑުގެ ތެރެއިން ދަމައި ނެރުއްވާނެއެވެ. ވަގުތުން އެއްކަލަ މަލާއިކަތުން އެބެއިކަލުން ގެންނެވި މުޑުދާރު ސާންތިތަކުގައި އެފުރާނަ އޮޅާލައިގެން ގެންދަވާނެއެވެ. އެވަގުތު މުޅަމަސްގަނޑެއް ކުނިވެގެން ފުޅަ އަޅައިގެން ދުވާ ވަހަށްވުރެ ނުބައި ވަސް ދުވާނެއެވެ.

މިކަމާއިހުރެ އުޑުގެ އެއްވެސް ދޮރުކޮޅެއް އެ ފުރާނައަށްޓަކައި ނުހުޅުވޭނެއެވެ. ދެން ފުރާނަ އުޑާހަމައަށް ގެންދިއުމަށްފަހު އެނބުރި ބިމަށްގެނެވި، އެހަށިގަނޑަށް ލެވޭނެއެވެ. ދެން ނަކީރު މުންކަރު ދެމަލާއިކަތުން ސުވާލު ކުރަށްވާނެއެވެ. އެބޭކަލުންގެ އެއްވެސް ސުވާލަކަށް އޭނާއަށް ޖަވާބު ނުދެވޭނެއެވެ. ދެން އޭނާގެ ގައިގެދަށުގައި އަލިފާން ރޯކުރެވޭނެއެވެ. އަދި އޭނާއަށް އަލިފާނުގެ ހެދުމެއް ލެވޭނެއެވެ. އަދި ކަށްވަޅުގެ އެއްފަރާތާއި އަނެއްފަރާތް ޖެހި ފިތިގެންގޮސް، އެއް އަރިކަށީގެ ކަށިތައް އެނެއް އަރިކަށީގެ ތެރެއަށް ވަދެ، ފުނޑު ފުނޑުވެ މަސްހުނިވެދާނެއެވެ. ދެން ނަރަކައިގެ ދޮރުތައް އެ ކައްވަޅާއި ދިމާއަށް ހުޅުވާލެވޭނެއެވެ. އަދި ނަރަކައިގެ އަލިފާނާއި ގަދަފަަދަ ހޫނުވައިރޯޅި އެދޮރުތަކުން ވަންނަމުން ދާނެއެވެ.

މިގޮތައް އޭނާ ގިޔާމަތް ވަންދެން މިވޭންދެނިވި ޢަޒާބުގައި ދެމިހުންނާނެއެވެ. އޭނާއަށް ލިބެމުންދާ ޢަޒާބުގެ އަޑުފަށްގަނޑު ޖިންނީންނާއި އިންސީން ފިޔަވައި ދިރިތިބި ހުރިހާ މަޚުލޫގުންތަކަށް އިވޭނެއެވެ. އެއްފަހަރެއްގައި ލޮބުވެތި ރަސޫލާ ތަނަކަށް ވަޑައިގަންނަވަނިކޮށް އެކަލޭގެފާނުގެ ބަޣަލް އަސްކޮޅު ހޭރެން ފެށުމުން ހަދީސް ކުރެއްވިއެވެ. “ އިންސާނުންނަށް ކައްވަޅުގެ ޢަޒާބު ދެވެނީއެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވަޅުލާއުޅުން ދޫކޮށްނުލާނެ ކަމުގެ ބިރުފުޅު ތިމަންކަލޭގެފާނަށް ނުވާނަމަ މިއަޑު އިވޭފަދައިން ތިޔަބައިމީހުނަށް އަޑުއިއްވާދެއްވުމަށް އެދި މާތް އައްލާހް އަށް ދުޢާ ދެންނެވީމުހެވެ.“

ރިވާ: (އަޙުމަދު، މުސްލިމް، ނަސާއީ)

 

Loading

One Response

  1. Emme fahu paragraph ge emme fahu folhuvathugai vaa, udaai bimaa e dhemedhugaiva huriha makhlooq thakunge veriraskalaange nan fulhu arabin liyuvvun molhu ithuruvegen vaa kamah feney.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް