މުޅި ރާއްޖޭގައި ކޮވިޑް-19ގެ ނުރައްކާ! ބޭނުމީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް!

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތިދުވަހު މެންދުރުފަހުން ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު ޢަބްދުﷲ މާހިރު ކުޅުއްވީ ދިފާއީ ކުޅުއްވުމެކެވެ. ވެކްސިން ހުސްނުވާ ވާހަކަ އެ ބައްދަލުވުމުގައި ޑރ. ޝާހު ވިދާޅުވިއެވެ. ކޮންމެހެން ވެކްސިން ގެނެސް ފިނިކުރި ތަނެއްގައި ގުދަންކޮށްފައި ބެހެއްޓުމުގެ ބޭނުމެއް ނެތް ވާހަކަ ހާމަކުރެއްވިއެވެ. ވެކްސިން ހުސްނުވެ ލިބެން ހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނޫސްވެރިންނަށް ބޭއްވި ކުއްލި ބައްދަލުވުމަކީ އަންގާރަ ދުވަހާއި ބުދަ ދުވަހު […]

ސްރީލަންކާގައި ކޮރޯނާ ވައިރަހުގެ ތިންވަނަ ރާޅެއް އަތުވެދާނެކަމަށް ތައްޔާރުވެ ތިބުމަށް އާމީ ޗީފް ގޮވާލައްވައިފި

ސްރީ ލަންކާގެ އާމީ ކޮމާންޑަރ ޖެނެރަލް ޝަވެންޑްރާ ސިލްވަރ ވަނީ އެ ގައުމުގައި ކޮރޯނާ ވައިރަހުގެ ތިންވަނަ ރާޅެއް ފެތުރިދާނެކަމާމެދު ސަމާލުވެ ތިބުމަށް ގޮވާލައްވާފައެވެ. ކަންކާގައި ފާއިތުވި ދުވަސްތަކުގައި ފައްސިވި މީހުންގެ އަދަދު ވަނީ މައްޗަށް ގޮސްފައެވެ. ވަކި ސަރަހައްދަކުން ފައްސިވާ މީހުންގެ އަދަދު އިތުރުވެއްޖެނަމަ އެ ސަރަހައްދެން އަނެއްކާވެސް ފުރަބަންދަކަށް ދާންޖެހިދާނެކަމުގެ އިންޒާރު ޖެނެރަލް ޝަވެންޑްރާ ވަނީ ދެއްވާފައެވެ. އެހެންކަމުން ބޭނުންވާ ސާމާނު ކުރީބައިގައި ގަނެ ރައްކާކޮށް ފުރަބަނދަކަށް ދާންޖެހިދާނެކަމަށް ތައްޔާރުވެ ތިބުމަށްވެސް އޭނާ ވަނީ […]

އިންޑިޔާގެ ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމުން މުއްސަނދިން ގައުމުން ބޭރަށް ފުރަނީ

ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި އިންޑިޔާ ނިކަމެތި ހާލުގައި ޖެހި ނިކަމެތިވެފައިވާ މި ދުވަސްކޮޅު އެ ގައުމުގެ މަހުޖަނުން އަވަސްވެގަތީ ގައުމުން ބޭރަށް ފުރުމަށެވެ. ޕްރައިވެޓް ޖެޓް ތަކުގަޔާއި އެނޫންވެސް ގޮތްގޮތުން އިންޑިޔާ ދޫކޮށް އެހެން ގައުމުތަކަށް އެމީހުން ދަނީ ފުރަފުރައިގެންކަމަށް އިންޑިޔާގެ ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ. އިންޑިޔާގެ ސިއްހީ ނިޒާމަށް ހިފެހެއްޓޭވަރަށްވުރެ އެގައުމުގެ ހާލަތު ގޯސްވެ މުޅި ގައުމު ނިކަމެތިވެފައި ވަނިކޮށް މިލިއަނުން ފައިސާ ޚަރަދުކޮށް އެ ގައުމުގެ މަހުޖަނުން އެހެން ގައުމުތަކަށް ފުރަމުންދާތީ އެ ގައުމުގެ […]

ބިލް ގޭޓްސްއަށް ބޮޑެތި ފާޑުކިއުންތަކެއް

މުޅި ދުނިޔެއަށް މަޝްހޫރު މަހުޖަނެއްކަމުގައިވާ ބިލް ގޭޓްސްއާއި އޭނާގެ ޖަމްއިއްޔާ، ބިލް ގޭޓްސް ފައުންޑޭޝަނުން ވަނީ ގިނަ ކަންކަމުގައި އެހީތެރިކަން ހިލޭ ސާބަހަށް ފޯރުކޮށްދީފައެވެ. އެހެންކަމުން މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާ ވައިރަހުގެ ވަބާއިން އަރައިގަތުމަށް ގައުމުތަކުން މަސައްކަތް ކުރަމުންދާ މި ދުވަސްވަރު ގިނަ ބަޔަކު ތިބީ ބިލް ގޭޓްސްގެ ފަރާތުން އަނެއްކާވެސް ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ބިލް ގޭޓްސް ވަނީ މި ބަލިމަޑުކަމާ ގުޅިގެން ފަގީރު ގައުމުތަކަށް ވެކްސިން ޖެހުމުގައި އެހީތެރިކަން […]

މުސްލިމުން މޫނުބުރުގާ އެޅުން މަނާކޮށް ސްރީލަންކާއިން ބިލެއް ފާސްކޮށްފި

މޫނުބުރުގާ އެޅުމާއި މުޅި މޫނު ނިވައިވާ ފަދަ ހެދުން އާންމުން އެއްވެ އުޅޭ ތަންތަނުގަޔާއި މަގު ތަކުގައި އެޅުން މަނާކުރުމަށް ބިލެއް ސްރީލަންކާގެ ކެބިނެޓުން ފާސްކޮށްފިއެވެ. މި ބިލް ހުށަހަޅާފައި ވަނީ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ސަރާތު ވީރާ ސެކެރާއެވެ. މިދިޔަ އަންގާރަ ދުވަހު ސްރީލަންކާގެ ކެބިނެޓުން ވަނީ މި ބިލް ފާސްކޮށްފައެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުން މި ބިލް ތަންފީޒު ކުރުމަށް ހުއްދަ ދިނުމުން އެ ގައުމުގައި މި ގާނޫނު ތަންފީޒު ކުރެވިގެން ދާނެއެވެ. […]

ފަލަސްތީނުގެ އިންތިޚާބު އަނެއްކާވެސް ފަސްކުރުމަށް ނިންމަނީ

ފަލަސްތީނުގައި އިންތިޚާބެއް ބާއްވާފައިވަނީ މީގެ 15 އަހަރު ކުރިންނެވެ. އެފަހަރު ވޯޓުލުމާއި ގުޅިގެން ޖެރޫސަލަމްގައި ހިނގި ހަމަނުޖެހުންތަކާއި ވެރިކަންކުރާ ޕާޓީ ކަމުގައިވާ ފަތަޙް ޕާޓީގެތެރޭގައި ދެބައިވުން އުފެދުމާއި ގުޅިގެން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު އަނެއްކާވެސް ފަސްކުރާނެ ކަމަށް ލަފާ ކުރެވެއެވެ. ފަލަސްތީނު ރައްޔިތުންގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވީ ޢައްބާސްއެވެ. ޢައްބާސް ފަލަސްތީނުގެ ރައްޔިތުންގެ ވެރިއެއްގެ ގޮތުގައި އިންތިޚާބު ކުރެވި އޭނާގެ ދައުރު ނިމުނުފަހުން މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތު […]

ކޯވިޑް19: ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ!

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 464 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 146 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14މީހަކު، ސިނާޢީ މަސައްކަތް ކުރާ ރަށަަކުން 93 މީހަކާއި ސަފާރީ އަކުން 3 މީހެއްގެ އިތުރުން ހަދަމުންދާ ރަށަކުން މީހަކުވަނީ ފައްސިވެފައެވެ. އަނެއް 207 ކޭސް […]

އަލަށް އަޅާ ފްލެޓް ސަރަހައްދު ކަނޑައަޅަން ވާނީ ރައްޔިތުންގެ ޚިޔާލު ލިބިގެން – މޭޔަރ މުޢިއްޒު

ކުރީ ސަރުކާރުގެ ހައުސިން މިންސްޓަރު މިހާރު މާލޭ މޭޔަރުކަމަށް ހޮވިފައިވާ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވަނީ ސަރުކާރުން މާލޭގެ ދެ ސަރަހައްދެއްގައި އިމާރަތްކުރުމަށް ނިންމާފައިވާ 14 ބުރީގެ ފްލެޓް އަޅަން މިހާރު ކަނޑައަޅާފައިވާ ސަރަހައްދުތަކާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދާފައި ނެތުމުން މާލޭގެ އިންތިޚާބީ މޭޔަރު، ގެ ޙައިސިއްޔަތުން ކަންބޮޑުވުންތަކެއް ހުރިކަމުގައެވެ. މިފަދަ ބޮޑެތި ނިންމުންތައް ނިންމަންޖެހޭނީ ރައްޔަތުންނާއި ގާތުން ޚިޔާލުބަދަލުކުރެވި ރައްޔަތުން އެދޭ އެންމެ ރަނގަޅުގޮތަކަށް ކަމަށެވެ. އަޅުގަނޑަށް ފެނިގެން ދިޔަ މިސަރުކާރު ފެށުނުއިރު […]

އިންޑިއާގައި މިސްކިތެއް ވަގުތީ ގޮތުން ހޮސްޕިޓަލަކަށް ބަދަލުކޮށްފި

ބަލި މީހުންނަށް ފަރުވާ ދޭން ނުކުޅަދާނަވާ ވަރަށް އިންޑިއާގައި ކޮރޯނާ ވައިރަސް ފެތުރި ބަލި މީހުން އެނދުމަތިކޮށްފައި ބައިތިއްބާނެ ތަނެއް ނެތި ފަރުވާދޭނެ މަގު ބަންދުވުމުން އިންޑިއާގެ މުސްލިމުން މިސްކިތެއް ހޮސްޕިޓަލަކަށް ބަދަލުކޮށްފިއެވެ. އިންޑިއާގެ ހައްދު ފަހަނަޅާފައިވާ ހިންދޫން މުސްލިމުންނަށް އިންތިހާއަށް އަނިޔާކޮށް ދުއްތުރާކޮށް ހެދިކަމަށްވިޔަސް ކޮރޯނާ ވައިރަހުން ގައުމުގެ ސިއްހީ ހާލަތު ފުނޑުފުނޑުކޮށްލުމުން މުސްލިމުން ވަނީ އިންސާނިއްޔަތުކަން ކުރިއަށް ނެރެ، ވަކި މަޒުހަބެއް ދީނަކަށް ބެލުމެއްނެތި އެހީތެރިކަމާއި އޯގާތެރިކަން ކުރިއަށް ނެރެފައެވެ. ގުޖުރާތުގެ މިސްކިތެއް މިހާރު […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 386 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 386 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 198މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 6 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށަަކުން 77 މީހަކުވަނީ ފައްސިވެފައެވެ.އަނެއް 105 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 28,588 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 4,009 އެކްޓިވް ކޭސް ހިމެނޭއިރު 119 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. […]