ސްރީލަންކާގައި ކޮރޯނާ ވައިރަހުގެ ތިންވަނަ ރާޅެއް އަތުވެދާނެކަމަށް ތައްޔާރުވެ ތިބުމަށް އާމީ ޗީފް ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

ސްރީ ލަންކާގެ އާމީ ކޮމާންޑަރ ޖެނެރަލް ޝަވެންޑްރާ ސިލްވަރ ވަނީ އެ ގައުމުގައި ކޮރޯނާ ވައިރަހުގެ ތިންވަނަ ރާޅެއް ފެތުރިދާނެކަމާމެދު ސަމާލުވެ ތިބުމަށް ގޮވާލައްވާފައެވެ.

ކަންކާގައި ފާއިތުވި ދުވަސްތަކުގައި ފައްސިވި މީހުންގެ އަދަދު ވަނީ މައްޗަށް ގޮސްފައެވެ. ވަކި ސަރަހައްދަކުން ފައްސިވާ މީހުންގެ އަދަދު އިތުރުވެއްޖެނަމަ އެ ސަރަހައްދެން އަނެއްކާވެސް ފުރަބަންދަކަށް ދާންޖެހިދާނެކަމުގެ އިންޒާރު ޖެނެރަލް ޝަވެންޑްރާ ވަނީ ދެއްވާފައެވެ. އެހެންކަމުން ބޭނުންވާ ސާމާނު ކުރީބައިގައި ގަނެ ރައްކާކޮށް ފުރަބަނދަކަށް ދާންޖެހިދާނެކަމަށް ތައްޔާރުވެ ތިބުމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިއްޔެ ސްރީލަންކާގައި ނެރެފައިވާ ޖޮއިންޓް ސްޓޭޓްމެންޓެއްގައި ވާ ގޮތުގައި ކޯވިޑް-19ގެ ތިންވަނަ ރާޅެއް ފެށިދާނެކަމުގެ ބިރު އިތުވެފައިވާކަން ހާމަކޮށްފައިވެއެވެ. ތިންވަނަ ރާޅެއް އަތުވެއްޖެނަމަ މިދިޔަ އަހަރުގެ ރަމަޝާންމަހުގެ ހާލަތަށްވުރެ އެ ގައުމުގެ ހާލަތު މާބޮޑަށް ދަށަށް ދާނެކަމަށް މި ސްޓޭޓްމެންޓުގައި ލަފާކޮށްފައިވެއެވެ.

ހަލުވިކޮށް މި ވައިރަސް ފެތުރެން ފަށާފައި ވަނީ އަލަށް ފެނުނު ވޭރިއެންޓެއްގެ ސަބަބުންނެވެ. މި ވޭރިއެންޓްގެ ސަބަބުން ޒުވާނުންގެ ތެރޭގައިވެސް ބަލިމަޑުކަން ފެތުރުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ. އަދި ފައްސިވާ މީހުންގެ ފަރާތުން ފެންނަ ބަލިމަޑުކަމުގެ އަލާމާތްތައް ކުރިއާއި އަޅާބަލާއިރު މާ ނުރައްކާތެރިއެވެ. ތިންވަނަ ރާޅެއް ފެތުރިއްޖެނަމަ އެ ގައުމުގެ ސިއްހީ ނިޒާމަށް ކޮންޓްރޯލް ނުކުރެވި ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑުކަން ފާހަކޮށް ހުރިހާ ރައްޔިތުންވެސް އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ސަމާލުވުމަށް ސްރީލަންކާގެ ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ފަރުދީ ޒިންމާ އަދާކޮށް ތިމާގެ އަމިއްލަ ރައްކާތެރިކަމާއި ތިމާގެ ވަށައިގެންވާ މީހުންގެ ރައްކާތެރިކަމަށް ސަމާލުވުމަށާއި މާސްކް އެޅުމާއި އެކު ގައިދުރުކަން ދެމެހެއްޓުމުގައި ސަމާލުވުމަށް އެ ގައުމުގެ ސަރުކާރުންވަނީ ގޮވާލާފައެވެ.

ރަމަޟާން މަހު ޖަމާއަތުގައި ނަމާދުކުރުމާއި ރޯދަވީއްލުން ފަދަ ކަންކަން ނުކުރުމަށްވެސް ސްރީލަންކާގެ ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ކުރިއަށް އޮތް އީދުގައި ބޮޑެތި އެއްވުންތައް ބޭއްވުން ފަދަ ކަންތައްތައް ނުކުރުމަށްވެސް ވަނީ ބާރުއަޅާފައެވެ. ދީނުގައި ވާގޮތުގެ މަތިން އެހެން ފުރާނައަކަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވުމުގެ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް