އިންޑިޔާގެ ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމުން މުއްސަނދިން ގައުމުން ބޭރަށް ފުރަނީ

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި އިންޑިޔާ ނިކަމެތި ހާލުގައި ޖެހި ނިކަމެތިވެފައިވާ މި ދުވަސްކޮޅު އެ ގައުމުގެ މަހުޖަނުން އަވަސްވެގަތީ ގައުމުން ބޭރަށް ފުރުމަށެވެ. ޕްރައިވެޓް ޖެޓް ތަކުގަޔާއި އެނޫންވެސް ގޮތްގޮތުން އިންޑިޔާ ދޫކޮށް އެހެން ގައުމުތަކަށް އެމީހުން ދަނީ ފުރަފުރައިގެންކަމަށް އިންޑިޔާގެ ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.

އިންޑިޔާގެ ސިއްހީ ނިޒާމަށް ހިފެހެއްޓޭވަރަށްވުރެ އެގައުމުގެ ހާލަތު ގޯސްވެ މުޅި ގައުމު ނިކަމެތިވެފައި ވަނިކޮށް މިލިއަނުން ފައިސާ ޚަރަދުކޮށް އެ ގައުމުގެ މަހުޖަނުން އެހެން ގައުމުތަކަށް ފުރަމުންދާތީ އެ ގައުމުގެ މީޑިޔާ ތަކުގައި ވަނީ ކަނބޮޑުވުން ފާޅުކުރަންފަށާފައެވެ.

ނިއު ދިއްލީގައި ހުންނަ ޕްރައިވެޓް ޖެޓް ދުއްވާ ކުންފުންޏެއް ކަމުގައިވާ ކްލަބް ވަން އެއާރގެ ސީ.އީ.އޯ، ރާޖަން މެހްރާ ބުނިގޮތުގައި ކިރިޔާވެސް ފޯރުންތެރިކަމެއް ހުރި މީހެއްނަމަ ޕްރައިވެޓް ޖެޓެއް ކުއްޔަށް ހިފައި އެގައުމުން ބޭރަށް ފުރުމަށް ވަނީއަވަސްވެގެންފައެވެ.

މި އޭޕްރީލް މަހުގެ 26 ދުވަހު އިންޑިޔާގައި ވަނީ 352991 މީހުން ކޮވިޑަށް ފައްސިވެފައެވެ. މިއީ މި ވަބާ ފެށުނީއްސުރެ މުޅިދުނިޔޭންވެސް އެންމެ ގިނަ އަދަދަކަށް އެއްދުވަހުގެ ތެރޭގައި މީހުން ފައްސިވި އަދަދެވެ. ކޮވިޑްގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވެ ގައުމުގެ ސިއްހީ ނިޒާމް ފުނޑުފުނޑުވާން ފެށުމާ އެކު ގައުމުގައި ތިބި އަތްމަތި ތަނަވަސް މީސްމީހުން ގައުމުން ބޭރަށް ދަނީ ފުރަމުންނެވެ. މިގޮތުން މެދު އިރުމަތީގެ ޤައުމުތަކަށާއި ޔޫރަޕުގެ ސަރަހައްދުތަކަށް ބައެއް މީހުން ވަނީ މިސްރާބު ޖަހާފައެވެ. ބޮލީވުޑްގެ ފިލްމީ ބައެއް ތަރިން ވަނީ ރާއްޖެއަށް ވެސް ޒިޔާރަތް ކުރަން ފަށާފައެވެ.

އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ، ކެނަޑާ އަދި ހޮންގްކޮންގް ފަދަ ގައުމުތަކުން ވަނީ އިންޑިޔާއިން މީހުން އެ ގައުމުތަކަށް އެތެރެވުން މިހާރު މަނާކޮށްފައެވެ. އަދި ދެން އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ތިން ރިސޯޓެއް ފިޔަވައި އެހެން އެއްވެސް ސަރަހައްދަކަށް އިންޑިޔާއިން ދަތުރުކުރުން މަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް