ފަލަސްތީނުގެ އިންތިޚާބު އަނެއްކާވެސް ފަސްކުރުމަށް ނިންމަނީ

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގައި އިންތިޚާބެއް ބާއްވާފައިވަނީ މީގެ 15 އަހަރު ކުރިންނެވެ.

އެފަހަރު ވޯޓުލުމާއި ގުޅިގެން ޖެރޫސަލަމްގައި ހިނގި ހަމަނުޖެހުންތަކާއި ވެރިކަންކުރާ ޕާޓީ ކަމުގައިވާ ފަތަޙް ޕާޓީގެތެރޭގައި ދެބައިވުން އުފެދުމާއި ގުޅިގެން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު އަނެއްކާވެސް ފަސްކުރާނެ ކަމަށް ލަފާ ކުރެވެއެވެ.

ފަލަސްތީނު ރައްޔިތުންގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވީ ޢައްބާސްއެވެ. ޢައްބާސް ފަލަސްތީނުގެ ރައްޔިތުންގެ ވެރިއެއްގެ ގޮތުގައި އިންތިޚާބު ކުރެވި އޭނާގެ ދައުރު ނިމުނުފަހުން މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތު ވެއްޖެއެވެ. މިހާރު އުމުރުން 85 އަހަރުވެފައިވާ ޢައްބާސް އިންތިޚާބުވެ، ފަލަސްތީނު ރައްޔިތުންގެ ވެރިއެއްގެ މަގާމަށް އައްޔަނު ކުރެވުނީ 2005 ވަނަ އަހަރުއެވެ. އޭގެ ފަހުން އިތުރު އިންތިޚާބެއް ބާއްވާފައެއްނުވެއެވެ. އިންތިޚާބު ބޭއްވުމަށް ފަސްޖެހޭ މައިގަނޑު ސަބަބަކީ އިދިކޮޅު ޕާޓީ ކަމުގައިވާ ހަމާސްއިން އިންތިޚާބު ކާމިޔާބު ކުރާނެކަމުގެ ބިރު އޮތުން ކަމުގައި ގިނަ މީހުން ތުހުމަތު ކުރަމުންދެއެވެ.

ނަމަވެސް މި އިންތިޚާބަކީ މިހާރު ކޮންމެހެންވެސް ބާއްވަން މަޖުބޫރުވެފައިވާ އިންތިޚާބެއްކަމުގައި ފަލަސްތީނުގެ ރައްޔިތުން ދެކެއެވެ. އެމެރިކާއާ އެކު ގުޅުން ބަދަހި ކުރެވެން އޮތީ މި އިންތިޚާބު ބޭއްވިގެންނެވެ. އެހެންކަމުން މި އަހަރުގެ މޭ މަހާއި ޖުލައި މަހުގެ ތެރޭގައި މި އިންތިޚާބު ބޭއްވޭނެ ކަމަށް ފަލަސްތީނުގެ ރައްޔިތުން ދަނީ އުންމީދު ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް