އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 464 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.
މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 146 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14މީހަކު، ސިނާޢީ މަސައްކަތް ކުރާ ރަށަަކުން 93 މީހަކާއި ސަފާރީ އަކުން 3 މީހެއްގެ އިތުރުން ހަދަމުންދާ ރަށަކުން މީހަކުވަނީ ފައްސިވެފައެވެ. އަނެއް 207 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 29,052 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 4,396 އެކްޓިވް ކޭސް ހިމެނޭއިރު 122 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.
މިހާތަނަށް ރާއްޖެ އިން 72 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 24,575 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.
One Response
Mi sarukaarakee dhivehi gaumah jehifaa vaa museebaathakah vejje.