ކޯވިޑް19: މިއަދު ފެނުނީ އިތުރު 386 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 386 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 198މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 6 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށަަކުން 77 މީހަކުވަނީ ފައްސިވެފައެވެ.އަނެއް 105 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 28,588 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 4,009 އެކްޓިވް ކޭސް ހިމެނޭއިރު 119 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެ އިން 71 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 24,499 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް