ބިލް ގޭޓްސްއަށް ބޮޑެތި ފާޑުކިއުންތަކެއް

Loading

Facebook
Twitter
WhatsApp

މުޅި ދުނިޔެއަށް މަޝްހޫރު މަހުޖަނެއްކަމުގައިވާ ބިލް ގޭޓްސްއާއި އޭނާގެ ޖަމްއިއްޔާ، ބިލް ގޭޓްސް ފައުންޑޭޝަނުން ވަނީ ގިނަ ކަންކަމުގައި އެހީތެރިކަން ހިލޭ ސާބަހަށް ފޯރުކޮށްދީފައެވެ. އެހެންކަމުން މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާ ވައިރަހުގެ ވަބާއިން އަރައިގަތުމަށް ގައުމުތަކުން މަސައްކަތް ކުރަމުންދާ މި ދުވަސްވަރު ގިނަ ބަޔަކު ތިބީ ބިލް ގޭޓްސްގެ ފަރާތުން އަނެއްކާވެސް ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ބިލް ގޭޓްސް ވަނީ މި ބަލިމަޑުކަމާ ގުޅިގެން ފަގީރު ގައުމުތަކަށް ވެކްސިން ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންކާރުކޮށްފައެވެ.

ބިލް ގޭޓްސް ބުނި ގޮތުގައި މި ބަލިމަޑުކަމަކީ ވަކިވަކި ފަރުދުންނަށް އެހީވާން މަޝްޢޫލު ވެވޭ ވަރަށް ވުރެ މާ ބޮޑު ކަމެކެވެ. ވެކްސިން އުފައްދާ ކުންފުނި ތަކުން އެކަންކޮށް ވެކްސިން ގައުމުތަކަށް ވިއްކަމުން އެދަނީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެހީތެރިކަމުގެ ދަށުން ކަމުގައި ފާހަގަކޮށް ބިލް ގޭޓްސް ވަނީ ވެކްސިން ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމަށް އިންކާރުކޮށްފައެވެ.

ސްކައި ނިއުސްގެ ނޫސްވެރިއެއް ކަމުގައިވާ ސޯފީ ރިޖް ކުރި ސުވާލުތަކަށް ޖަވާބު ދެމުން ބިލް ގޭޓްސް ބުނެފައި ވަނީ ފަގީރު ގައުމުތަކުންވެސް ޖެހޭނީ ވެކްސިން ގަނެގެން ބޭނުންކުރާށެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ބޮޑެތި ފާޑުކިޔުންތައް އޭނާއަށް ވަނީ އަމާޒުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް