އިނގިރޭސިވިލާތުން ދަތުރުކުރުމުގެ ރަތް ލިސްޓުގައި އިންޑިޔާ ހިމަނައިފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގައި ކޮރޯނާ ވައިރަހަށް މީހުން ފައްސިވާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވަމުން ދިޔުމާ ގުޅިގެން އެ ގައުމަށް ދަތުރުކުރުން މަނާކޮށް އިނގިރޭސިވިލާތުން ދަތުރުކުރުމުގެ ރަތް ލިސްޓުގައި އިންޑިޔާ ހިމަނައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، އިންޑިޔާގެ ދިއްލީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަރުފުޅު ކެންސެލް ކުރެއްވި ފަހުންނެވެ.

ހެލްތް ސެކެރެޓްރީ މެޓް ހޭންކޮކް މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ރަތް ލިސްޓުގައި އިންޑިޔާގެ ނަން ހިމެނުމާ ގުޅިގެން އެ ގައުމަށް ދަތުރުފަތުރު ކުރުމާއި އެ ގައުމުން އިނގިރޭސިވިލާތަށް މީހުން އެތެރެވުން ވަގުތީގޮތުން މަނާ ވާނެއެވެ.

މި ވަގުތު އިންޑިޔާގައި ހުރި އިނގިރޭސިވިލާތުގެ ރައްޔިތަކު އަނބުރާ ގައުމަށް އައުމަށް ބޭނުންވެއްޖެ ނަމަ އެމީހަކު ޖެހޭނީ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި 10 ދުވަސް ވަންދެން އަމިއްލަ ޚަރަދުގައި މަޑުކުރާށެވެ. އަދި ޓެސްޓު ހަދައި ނަތީޖާ ލިބުމަށް ފަހު ނޫނީ އިނގިރޭސިވިލާތަށް އިންޑިޔާއިން އަންނަ އެއްވެސް މީހަކަށް އެތެރެ ނުވެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް