އިންޑިޔާގެ ބައެއް ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެއްޖެ

Loading

Facebook
Twitter
WhatsApp

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އިންޑިޔާއިން އޮކްސިޖެން ޓޭންކު އެ ގައުމަށް އެތެރެކޮށްފައިވާ މިންވަރު އިތުރުކޮށްފައިވީ ނަމަވެސް މިހާރު އިންޑިޔާގެ ސިޓީއެއް ކަމުގައިވާ ނިއުދިއްލީގެ ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވެފައިވާކަމަށް ހޮސްޕިޓަލުތަކުން ވަނީ މައުލޫމާތު ދީފައެވެ. އަދި މިކަމާ ގުޅިގެން އެ ހޮސްޕިޓަލުތަކުން ދަނީ މީސްމިޑިޔާގައި އެހީތެރިކަމަށް އެދި އާދޭސްކުރަމުންނެވެ.

ނިއުދިއްލީގެ ހޮސްޕިޓަލުތަކުން ބުނަމުންދާގޮތުގައި އެމީހުންނަށް ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި އޮކްސިޖަން ޓޭންކު ނުލިބިއްޖެނަމަ އޮކްސިޖަން ސަޕްލައި އެއްކޮށް ހުސްވާނެއެވެ. މިހެން މިކަން ވެއްޖެނަމަ އެތައް ސަތޭކަ ބަލިމީހުންގެ ފުރާނަ ގެއްލިގެން ހިނގައިދާނެއެވެ. އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ ގައުމަށް މި އަހަރު ގިނަ އަދަދެއްގެ އޮކްސިޖަން ޓޭންކު އެތެރެކޮށްފައިވެއެވެ. މި ފަދަ ނާޒުކު ހާލަތަކަށް ގައުމު ގޮސްފައި ވަނީ ސަރުކާރުގެ އިހުމާލުންކަމަށްވެސް ބައެއް މީހުން ބުނަމުންދެއެވެ. އިންޑިޔާއިން އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ލިބެމުންދާއިރު ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ދަށްވަމުންނެވެ.

އިންޑިޔާގައި ކޯވިޑް 19 ގެ ތިންވަނަ ރާޅު ހަލުވިކަމާއެކު ފެތުރި ދުވާލެއްގެ މައްޗަށް ފައްސިވާމީހުންގެ އަދަދު ދެ ލައްކައަށް ވަނީ އަރާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް