ވަޒީފާއަށް 15 އަހަރު ނުނިކުމެ މުސާރަ ހޯދި މައްސަލައިގައި ދައުވާކޮށްފި

Loading

Facebook
Twitter
WhatsApp

އިޓަލީގެ މީޑިޔާތަކުން މައުލޫމާތު ދޭ ގޮތުގައި އިޓަލީގެ މީހަކު ފާއިތުވި 15 އަހަރުވެސް ވަޒީފާއަށް ނުގޮސް ވަނީ ސަލާމް ބުނެފައެވެ. އެކަމަކު އެ ހޮސްޕިޓަލުން އޭނާއަށް ބަރާބަރަށް މުސާރަ ވަނީ ދީފައެވެ.

ފާއިތުވި 15 އަހަރުގެ ތެރޭގައި ޖުމްލަ 464000 ޕައުންޑް އޭނާއަށް މުސާރައިގެ ގޮތުގައި ދީފައިވާނެކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އޭނާއަކީ ކަޓަންޒަރާގެ ދެކުނުގެ ސަރަހައްދެއްގައި ހުރި ޗިއާކިއާއު ނަމަކަށް ކިޔާ ހޮސްޕިޓަލެއްގެ މުވައްޒަފެކެވެ. އެންމެފަހުން އޭނާ ވަޒީފާއަށް ނިކުމެފައިވަނީ 2005 ވަނަ އަހަރު ކަމުގައި އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. މަކަރާއި ހީލަތުން އޮޅުވާލައިގެން ލާރި ހޯދި މައްސަލާގައި މިހާރު އެ ހޮސްޕިޓަލުން ވަނީ އޭނާގެ މައްޗަށް ދައުވާކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް