ރާއްޖޭގެ ރަށްތަކުގައި ކޮވިޑްގެ ބަލީގެ މީހުން ގިނަވެ ބިރުވެރިކަމެއްގެ ތެރެއަށް!

Loading

Facebook
Twitter
WhatsApp

އޭޕްރިލް 10ގައި ބޭއްވި ކައުންސިލް އިލެކްޝަން އަށް އެޗްޕީއޭގެ ހެލްތް އިމާރޖެންސީ ގަވައިދުތަކަށް ދޫދީ ކޮވިޑް ޖެހިފައިތިބި މީހުންނަށްވެސް ވޯޓްލެވޭނެ ގޮތް ހަދައިދީ އަދި އެއް ރަށުން އަނެއް ރަށަށްވެސް ކަރަންޓީނު ވުމެއްނެތި ދަތުރުކޮށް ވޯޓުލުމަށް ދެވޭގޮތް ހެދުމުން މިހާރު މިވަނީ ރާއްޖޭގެ ރަށްތަކުގައި ކޮވިޑްގެ ބަލީގެ މީހުން ގިނަވެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރާއްޖޭގެ ރަށްތަކަށް ކޮވިޑްގެ ބަލި ވަރަށް ބޮޑަށް ފެތުރި އެތައް ސަތޭކަ މީހުނެއް އެރަށްރަށުގައި ގޭބަންދުވެ ކަރަންޓީނުވާންޖެހިފައެވެ. އަދި އޭގެ ތެރެއިން ގިނަރަށްރަށުގައި މީހުން އަރާ ފޭބުން މިވަނީ މަނާކުރަން މަޖުބޫރުވެސް ވެފައެވެ.

މިގޮތުން ތ. އަތޮޅުގެ 6 ރަށަކާއި ސ. އަތޮޅު ޏ. އަތޮޅު އުތުރުގެ ބައެއް އަތޮޅުތައް ހިމެނެއެވެ.

އއ. މަތިވެރިން މިއަދު އެކަނި 63 މީހަކު ކޮވިޑު19 އަށް ފައްސިވެފައިވާ ކަމަށް އެ ރަށުގެ ކައުންސިލުން ބުންޏެވެ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމައިން އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގައިންނެގި ސާމްޕަލްގެ ތެރެއިން އެކަކު ކޯވިޑްއަށް ފައްސިވެފައިވެއެވެ. އެނުރަށްކަލުގެ ސަބަބުން އެރަށް މޮނިޓަރިން ޙާލަތަށް ލެވިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ހަނިމާދޫ ކައުންސިލްއިން ބުނީ، އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭ 20 މީހެއްގެ ސާމްޕަލް ނެގުނު ކަމަށެވެ. އަދި އެ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާއިރު، އެކަކުގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިފަހަރު ޕޮޒިޓިވްވީ ރޭ ޕޮޒިޓިވްވި އަންހެން ކުއްޖާގެ މަންމަކަމަށް ބުންޏެވެ.

ގުރޭޓަރ މާލޭ އެރިއާގައިވެސް ކޮވިޑް19ގެ ޙާލަތު މަދުވަމުން ނުދާކަން ފާހަގަ ކުރެވެއެވެ. މިއަދުގެ ޚަބަރުތައް ބުނާގޮތުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީ، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތާ އެއްގޮތް ކުރުމަށް އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އިސްލާހު ގެނެސްފިއެވެ. މިބަދަލުން މައިމޫނާއަށް ކޮންމެވެސް ވަރެއްގެ ލުުޔެއްލިބޭނެކަމަށް ބެލެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް