މަސްވެރިޔަކު އާދަޔާ ޚިލާފު ނޫކުލައިގެ އިއްސެއް ހިފައިފި

Loading

Facebook
Twitter
WhatsApp

އުމުރުން 25 އަހަރުގެ ޓޮމް ލަމްބޯން އަކީ ޕެންޒެންސްގެ ރަށެއް ކަމުގައިވާ ނިއުލީންގައި ދިރިއުޅެމުންދާ އާދައިގެ މަސްވެރިއެކެވެ. އޭނާ މި ނޫކުލައިގެ އިހި ހިފާފައި ވަނީ އިނގިރޭސިވިލާތުގެ ކޯންވޯލްގެ ވަށައިގެންވާ ފަރުގައި މަސްވެރިކަން ކުރުމަށް ގޮސް ކުރި މަސައްކަތުގައެވެ.

އޭނާއަށް ހިފި ނޫކުލައިގެ އިއްސަކީ ވަރަށް މަދުން ނޫނީ ނުހިފޭ އެއްޗެކެވެ. މީގެ އިހި ހިފެނީ ދެމިލިއަން ފަހަރުން އެއްފަހަރުކަމަށް ކަމުގެ މާހިރުން ބުނެއެވެ. މި ނޫކުލައިގެ އިހީގެ ދިގުމިނަކީ އެއް ފޫޓެވެ.

ޓޮމް ލަމްބޯން ވަނީ އިހި ހިފުމަށްފަހު އޭގެ ފޮޓޯއެއް ނަގާފައެވެ. އަދި އެއަށްފަހު އޭނާ އެ އިހި ދޫކޮށްލީއެވެ. އޭނާ އެ އިހި ދޫކޮށްލީ އެއްގަމަށް ނެގޭ ވަރަށް ވުރެ ސައިޒު ކުޑަވީމައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް