އެމްއެމްޕީއާރުސީގެ މައްސަލަ ބެލީމާ މަޖިލިސް ރައީސް އަންނިގެ ގޮނޑި ގެއްލޭނެ: ފުރަހަނި ޝުޢައިބު

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުން މަޖިލިސްގެ ރައީސް އަންނި (ކެނެރީގޭ މުޙައްމަދު ނަޝީދު) ގެ ގޮނޑި ގެއްލޭނެކަމަށް އެމްޑީޕީގެ ކުރީގެ އިސްބޭފުޅެއްކަމުގައިވާ ފުރަހަނި ޝުޢައިބު ޢަލީ ވިދާޅުވެއްޖެއެވެ.

”އެކަމާ އަޅުގަނޑު ޝައްކު ނުކުރަން.“ ޝުޢައިބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ޝުޢައިބު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ އެންމެ ބޮޑު މަންފާ ނެންގެވީ މަޖިލީހުގެ ރައީސް އަންނި ބުރޯ އެވެ.

އެމްއެމްޕީއާރުސީގެ އެންމެ ބޮޑު މަންފާ ނެންގެވީ މަޖިލީހުގެ ރައީސް އަންނި ބުރޯ ކަމަށް ޝުޢައިބު ވިދާޅުވީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވެސް އެމްއެމްޕީއާރުސީ މައްސަލައިގައި ޑީލެއް ހެދި ނަމަ އެކަން ކުރެއްވީ ރައީސް ނަޝީދުކަމަށް މަޖިލީހުގެ ތަޅުމުގައި ހޯމަދުވަހު ވިދާޅުވެފައިވަނިކޮށްނެވެ.

ޝަރީފުގެ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެފަދަކަމެއްގައި ބައިވެރިވެ ވަޑައިނުގަންނަވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ހިމެނިވަޑައިގެންނެވި އެމްޑީޕީގެ ބައެއް މެންބަރުންނަށް ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ މިލިއަނުން މިލިއަނުން ދެއްވާފައި ވާކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެކަމަށް ބާރު ލިބޭފަދަގޮތަކަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ހޯމަ ދުވަހު މަޖިލީހުގައި ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގައި 270 މީހުންނަށް ދައުވާ ކުރުމަށް މިހާރު ވެސް ފާހަގަވެފައި ވާކަމަށެވެ.

”އެދައުވާތައް ކުރިއަށް ގެންދާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އިއްޒަތްތެރި ބައެއް މެންބަރުންގެ ގޮނޑިކޮޅު ވެސް ގެއްލިދާނެ. ބައެއް ބޭފުޅުންގެ މަގާމު ވެސް ގެއްލިދާނެ. އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެހެން ގޮތްގޮތް ވެސް ވެދާނެ.“ ނަޝީދު ވިދާޅުވިއެވެ. ”އެހެންނަމަވެސް މިސަރުކާރު އުފެދިފައި މިއޮތީ އަދި މި މަޖިލިސް ވެސް އުފެދިފައި މިއޮތީ މިމަސައްކަތް އަޅުގަނޑުމެން ކުރުމަށް.“

ޝުޢައިބަކީ އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީކަން ކުރައްވާފައިވާ ބޭފުޅެކެވެ.

 

Loading

4 Responses

  1. Kobaa Riluwanu? Mi sarukaaru aee riluwan menge maruthah ves balan waudhu ve e maruthah ves YAG bokugai alhuvaafa. Sh. Imran e ee Nasheed ge Sarudhaaru. E game jassuvan. Noontha ? Ekkameh ves nuvaane emmen vegen bai alhaa vakkan kurun noonee. Dhen best koh kureveyne kamakee dheboa geri dhuvvun. Anni the worst lair. Ask #IHZ

  2. އަދީބު ފަނީ ތިމަންނަޔޯ އެޅުވީ. އެފަނި ބޮޑުވައްކެމެއްގެ ޙުމުގައި ހުއްޓާ ވެރިކަން ބަދަލުވީ. ހުރީ ޖަލުގައި. އޭނަޔާއެކު ވައްކަމުގައި އުޅުނު މޮހޯމެނާއި ގުޅައި ޔާމީނު އިންދާލުމަށް ޔޫކޭގައި ހުރެ ރޭވި. އަދި އޭގެ ބަދަލެއްގެ ގޮތުގައި ރާއްޖޭގައި އެ ވައްކަމުގެ ފައިސާ ބަހަން ހުޅުވައިފަވާ ކުންފުނިތަކުގެ އެކައުންޓްތައްވެސް ދޫކޮށްލި. ސަރުކާރު ލިބުނީ މާ ބްރޯ އަދީބާއި ޑީލް ހަދާ ޔާމީނުގެ މައްސަލައިގައި ދޮގު ހެކި ދިނުމުން ލުއިދޭން ”ޑީލް“ ހެދި. އެހެން އެއްވެސް ވަޢުދެއް ނުފުއްދިޔަށް އަންނިގެ ފަނި އަދީބުއަށް ވީ ވަޢުދު އެބަ ފުއްދާ. ހުޅުމާލޭ ޕެންޓް ހައުސްގައި ބޮޑު ވަގު. އެކަމުގައި ބައިވެރިވެ ޙުކުމެއް ނެތް މީހާ ޖަލުގައި މަނީ ލޯންޑަރިންނޭ ކިޔައިގެން. އެމްއެމްޕީއަރސީގެ ވާހަކަ ދުވަސްކޮޅަކުން ވާނީ ޙަޔާތަކަށް. މައުމޫނު އިރުގައި އެޕްޕީއައިޑީގެ ކަރަޕްޝަންގެ ވާހަކަ ޙަޔާތަކަށް ވީހެން. ހަމަ ބޮޑުބަސްބުނެ އެއިރަކު ކައްކާލަން ބޭނުން ބައެއް ކައްކާލެވޭނެ ސްލޯގަންއަކާއި ނާޗަރަންގީއެއް ރާވާނީ. އެއްވެސް އިޚުލާތެރި ކަމެއް އީމާންތެރިކަމެއް އަޚުލާގެއް ތެދުވެރިކަމެއް ނެތް މީހެއް ތިއީ. އެކަން އެ އެގެމުންދަނީ. އެމްޑީޕީގެ ވެސް ހަލާކަކަށް މީނާ ވާނެއެވެ. ދަހިވެތިކަން ބޮލަށް އެރީމާ ގާނޫނެއް ގަވައިދެއް މަޝްވަރާއެއްވެސް ބޭނުމެއްނުވާނެ އެވެ. އެކަން އެގެންދަނީ ޢަމަލުން ދައްކަމުންނެވެ. ދެން ޝުއެއިބާ އިބުރާ އާއި ޝަރީފުމެންވެސް އެކަން ދެނެތިބެ ރައްދުދޭނެއެވެ. ހަމް ސަބް ޗޯރުހޭ!

  3. ރ. ނަޝީދަކީ ހަރާންކޯރު މީހެއްނޫނެވެ. އެހެނަސް އޭނޭގެ މައްސަލަތަކެއް އެބަހުށްޓެވެ. އެއީ ރައީސް ޓްރަމްޕް ހެން ޓުވިޓް ކުރުމާއި މިއަދު ބުނާއެއްޗެއް މާދަމާ ދެގޮތަށް ބުނެ ބަދަލުކުރުމެވެ. ދެން ދީނީ ކަންތަކަށް ޖޯކުޖެހުން އެއީ އެންމެ ބޮޑު މައްސަލައަކީ. ދެން ހިނދުކޮޅު މައްސަލަ ރަނގަޅުކޮށްލީމާ ހަމަ ބަރާބަރުވާނެ. ހޯޕް ހީ ވިލް ޓްރައި ދޯ.

  4. ތިމާގެ އަމިއްލަ ގައުމަށް ބޭރުގެ ސިފައިން އައުމަށް ގޮވުމަކީ އެހެން ހުރިހާ ގައުމުތަކެއްގައި ގައުމަށް ޚިޔާނަތްތެރިވެ ހަރާންކޯރުވުން ކަމުގައި ބަލާކަމުގައި ފެންނަނީ. ދޮގުހަދައި، ދެފަހަަރު އެކައްޗެއް ނުކިޔައި، ރާއްޖޭގެ ރައްޔިތުންގެ ޖީބުން އެތަށް އަހަރުތަކަކަށް ދެމިގެންދާ ގޮތަށް ބޭރު ބަޔަކާއި އެގުރިމެންޓު ހަދައި ބޭރު ބައެއްގެ ސިފައިން ރާއްޖޭގައި ތިބުމުގެ މަގުފަހިކޮށް އެކަން ކުރުވުމުގެ މުގުލުގައި ހުރުމަކީ ހަރާންކޯރު ނުވުމަށް ވެއްޖިއްޔާ ދެން ހަރާންކޯރު ވުމަކީ ކޮބައިބާއޭ ހިތަށް އަރާރާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް