އިންޑިއާއިން ގެސްޓްހައުސް ތަކަށް އައުން މަނާކޮށްފި:

Loading

Facebook
Twitter
WhatsApp

އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން، ނަމަވެސް ކަރަންޓީނު ވުމުގެ ގޮތުން ރާއްޖޭގެ ގެސްޓުހައުސް ތަކުގައި މަޑުކުރުން އަންނަ އިންޑިއާ ގެސްޓުން އައުން ހެލްތް އެޗް.ޕީ.އޭ އިން މިއަދު މަނާކޮށްފި އެވެ. އިންޑިއާގެ މިހާރުގެ ކޮވިޑް19 ގެ ޙާލަތަކީ ނިއުދިއްލީން ބުނާގޮތުގައި ހެލްތް ސުނާމީއެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ބަލި ކޮންޓްރޯލުން ނައްޓައި ހަލުވިކަމާއި އެކު ފެތުރެމުންދާއިރުވެސް އިންޑިއާއިން ޓޫރިސްޓުން ރާއްޖެ އައުން މަނާނުކުރާތީ ވަރަށްގިނަ އާންމުގެ ކޮންބޮނޑުވުން ފާޅުކުރަމުންދާތާ ހަފްތާއެއް ވެފައިވަނިކޮށް މިއެޅި ފިޔަަވަޅަކީ ކޮންމެހެން އެޅުން ލަސްވެފައިވާ މުހިންމު ފިޔަވަޅެއްކަމުގައި ބެލެވެއެވެ.

އިންޑިއާގައި ކޮވިޑްބަލި ހަލުވިކަމާއިއެކު ފެތުރެމުންދާ މިވަގުތެއްގައިވެސް އެ ގައުމުގެ ޓޫރިސްޓުން ޕީސީއާރު ޓެސްޓެއް ނެތި ރާއްޖެ އެތެރެވެވޭ ގޮތަށް އެޗްޕީއޭއިން ވަނީ މީގެކުރިން ހުއްދަދީފަ އެވެ. މިއަދު އެޗްޕީއޭއިން ބުނީ އިންޑިއާގައި 24 ގަޑިއިރަށް ވުރެ ގިނައިރު ޓްރާންސިޓް ވެފައި އަންނަ ޓޫރިސްޓުން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް އިންޑިއާ ޓޫރިސްޓުން އައުން މަނާ ކޮށްފިކަމަށެވެ. މިގޮތުން މިވަގުތަށް ޕީސީއާރ ޓެސްޓް ހަދައިވެންވެސް ނާދެވޭނެކަމުގައި ބުނެއެވެ.

އިންޑިއާގެ ކޮވިޑް ޙާލަތު މިދެހަފްތާގައި ނުރައްކާތެރި އިމާރޖެންސީ ޙާލަތަށްބަދަލުވެ މަރުވަމުންދާ ހިންދޫ މީހުން ގިނަވެ އަންދާނެ ދަރު ނެތި ނުއެންދިފައި ވާކަމަށާއި އަދި މަރުވަމުންދާ މުސްލިމުންވެސް ވަޅުލާ ގަބުރުސްތާނު ފުރިގެން ވަޅުލާނެ އިތުރު ބިން ނުލިބި ހާސްކަމެއްގެތެރޭގައި ވާކަމަށް ރިޕޯޓްތައް ބުނެެވެ. އިންޑީގައި އޮކްސިޖަން ހުސްވެ މީހުނަށް ސިއްޙީ އެނހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއްނތިވެފައިވެއެވެ. ޕާކީސްތާނުން މިއަދު އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދީ އަދި އެމެރިކާއާއި ޔޫރަޕްގެ އެހެނިހެން ގައުމުތަކުންވެސް އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ފަށްޓާފައިވާކަމަށް ޚަބަރުތަށްބުނެއެވެ.

މިއަދު އެޗް.ޕީ.އޭ އިން ނެރުނު މި ހެލްތް ގައިޑުލައިން ބުނާގޮތުން މިހާރު ރާއްޖޭގައި ގެސްޓުހައުސްތަކުގައި ތިބި ޓޫރިސްޓުންނަށް ތިބޭވޭނެ ކަމަށް ވަނީ ބުނެފަ އެވެ. މިދިއަ ފަސްވަރަކަށް ހަފްތާގައި ރާއްޖެއަކީ އިންޑިއާގެ މީހުން ޢަރަބި ގައުމުތަކަށް ދިއުމުގެކުރިން 14 ދުވަހުގެ ކަރަންޓީންވުމަށް އަންނަ މަރުކަޒުކަމުގައި ބުނެއެވެ. އަދި އިންޑިއާއިން ގެސްޓުންގެންނަ އެޖެންޓުން މި ޕްރޮމީޝަން ޕެކެޖަށް ކިޔަނީވެސް މޯލްޑިވްސް ކަރަންޓީނު ޕެކެޖްއެވެ.

މިހާރުވެސް ހުޅުމާލޭ ގެސްޓު ހައުސްތަކުގައި އިންޑިއާގެ ދެހާހަށްވުރެ ގިނަ ކަރަންޓީން ޓޫރިސްޓުން އެބަތިބި ކަމަށްވެ އެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ 14 ދުވަހު ރާއްޖޭގައި ކަރަންޓީންވުމަަށް ފަހު މެދުއިރުމަތީގެ ގައުމުތަކަށް ދިއުމަށެވެ. މިވީ ދުވަސްކޮޅުގައި މި ކަރަންޓީނު ޕެކެޖް ވިއްކުމަށް ސީދާ އިންޑިއާގެ އެޖެންސީތަކުން ވަނީ ގިނަ ގެސްޓްހައުސްތަށް ކުއްޔަށް ހިފައިފައެވެ. އިންޑިއާ މީހުނަށް ރާއްޖޭގައި އުޅުމަށް ވިސާގެ ލުއިދެވިފައިވުމުން އިންޑީއާގެ އެޖެންޓުން ހަމަސްދުވަހުގެ ބިޒިނަސް ވިސާގައި އައުމަށްފަހު މިގެސްޓު ހައުސްތަކުގެ ވިޔާފަރި އެމީހުންގެ އަތްމައްޗަށް ނެގީކަމުގައި ގެސްޓްހައުސްގެ ވެރިފަރާތުން ބުންޏެވެ.

“ ކޮވިޑް19 ގެ ސަބަބުން އަހަރެމެން މިވަނީ ގާތްގަނޑަކަށް ބޭންކްރަޕްޓްވެފައި. ދެން އެހެން ތިއްބާ 6 މިސްދުވަހަށް މުޅިތަން ހިފަންބުނީމާ އެގޮތަށް ރުހިގަބޫލުވެވެނީ. އިނގޭ މީގެ ރިސްކް ބޮޑުކަންވެސް“. ގެސްޓްހައުސް ހިންގާ އޯނަރު ނަންނުޖެހުމަށް ޝަރުތުކޮށް ކިޔައިދިނެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް