ނަމާދު- ބަންގި ދިނުމަށްފަހު މިސްކިތުން ނުކުތުން:

413

ބަންގިދޭ މުއައްޒިނަށް އިޖާބަ ނުދިނުމާއި ޢުޒުރަކާނުލައި ނުވަތަ އެނބުރި އައުމަށް ގަސްދު ކުރުމަކާއި ނުލައި ބަންގި ދިނުމަށްފަހު މިސްކިތުން ނުކުތުން ނަހީ ވެގެންވުން ދަންނައެވެ. ބަންގިއަށް އިޖާބަ ދިނުމަކީ ނަމާދަށް ޖަމާޢަތަށް ޙާޒިރުވުމެވެ. ފަހެ އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. މިއުންމަތުގެ ނަބިއްޔާ ތިމަންނައަށް އަމުރު ކުރެއްވިއެވެ. ތިއަބައިމީހުން މިސްކިތުގައި ވަނިކޮށް ނަމާދަށް ގޮވާލެވިއްޖެނަމަ ފަހެ ނަމާދު ކޮށްފުމަށް ދާންދެން ތިޔަބައިމީހުންކުރެ މީހަކު ހަމަ އެއްގޮތަކަށްވެސް މިސްކިތުން ނުނިކުންނަ ހުށްޓެވެ. (ރަވާހު އަޙުމަދު)

އަބޫ ޝަޢުޝާއު އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން، ބައްޕާފުޅު އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މި މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އޭނާ އަބޫޤާސިމް (ސ.އ.ވ)އަށް އުރެދިއްޖެއެވެ. (ރަވާހު މުސްލިމް): މުޢާޒުލް ޖަހަނީގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ސަލާމާތް އާއިި ސަލަވާތް ލެއްވި ނަބިއްޔާގެ ކިބައިން ރިވާކުރެއްވިއެވެ. އިތުރު އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ” ވަކިކުރެއްވުމަކުން މުޅިން ވަކިކުރެވޭނެއެވެ. އަދި ކުފުރާއި ނިފާގެވެ. އައްލާހުގެ ގެއަށް ގޮވާލާމީހާގެ އަޑު އެހި މީހާއެވެ. އޭނާ ކާމިިޔާބާއި ފަލާޙަށް ގޮވާލައެވެ. އަދި އޭނާ އެކަމަށް އިޖާބައެއް ނުދެއެވެ”. (ރަވާހު ޢަހުމަދު ވައް ތަބަރާނީ): އަދި އައްތިރުމީޒީ ރަޙިމަހުއްލާހު ވިދާޅުވިއެވެ. ސަލާމާތް ސަލަވާތްލެއްވި ނަބިއްޔާގެ އަސްޙާބުންގެ ތެެރެއިން އެއްބޭކަލަކަށްވުރެ ގިނަބޭކަލުންގެ ކިބައިން ރިވާވެގެން ވެއެވެ.

ހަމަކަށަވަރުން އެބޭކަލުން ވިދާޅުވިއެވެ. ” ބަންގީގެ އަޑުއަހާ އިޖަބަނުދިން މީހާ ދަންނާށެވެ. ފަހެ އޭނާއަށް ނަމާދެއް ނުވެއެވެ”. ބައެއް ޢިލްމުގެ އަހުލުވެރިން ވިދާޅުވެއެވެ. މިރިވާޔަތްތަކުގައި މިވަނީ ކަމުގެ ބޮޑުކަމާއި މުހިންމުކަން ބަޔާން ކުރައްވާފައެވެ. ޢުޒުރަކާއި ނުލައި ނަމާދުގެ ޖަމާޢަތް ދޫކޮށްލުން އެއްވެސް މީހަކަށް ހުއްދަވެގެން ނުވެއެވެ.

 

2 ހިޔާލުތައް

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ