ރާޅެއް ނޫން އިންޑިއާއަށް އެރީ ކޮރޯނާގެ ޠޫފާނެއް: ބޮޑުވަޒީރު މޯދީ

Loading

Facebook
Twitter
WhatsApp

އިންޑިއާއަށް އައިސްގެން އުޅެނީ ކޮރޯނާގެ ރާޅެއް ނޫން ކަމަށާއި ކޮރޯނާގެ ޠޫފާނެއްކަމުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ގައުމާ މުޚާޠަބު ކުރައްވައި މޯދީ ދެއްވާ ރޭޑިއޯ ޚިޠާބުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ކޮރޯނާ ޠޫފާނުން މުޅި ގައުމު ސިއްސުވާލައިފި ކަމަށެވެ.

މޯދީ ވިދާޅުވީ ގިނަ އަދަދެއްގެ އިންޑިއާ މީހުން ކޮރޯނާގެ ސަބަބުން ވަގުތު ޖެހުމުގެ ކުރިން މަރުވެފައިވާކަމަށެވެ.

އެންމެ ފަހުގެ ރިޕޯޓުތަކަށް ބަލާއިރުވެސް ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު ތިން ލައްކައިން މަތީގައި އުޅޭތާ ހަތަރު ދުވަސް ވެއްޖެއެވެ.

އިންޑިއާގައި ނުރައްކާތެރި ދަރަޖައަކަށް ކޮރޯނާ ވައިރަސް ފެތުރި ކޮންޓްރޯލް ނުކުރެވި ފާލުން ނެއްޓިފައިވާއިރު، ބަލި މީހުންނަށް ބޭސްފަރުވާ ކުރާނެ ވަސީލަތްތައް ހުސްވެ އިންޑިއާ ވަނީ ހާލުގައި ޖެހިފައެވެ. އެހެންވެ ދުނިޔޭގެ ބައެއް ގައުމުތަކުން އިންޑިއާއަށް ބޭނުންވާތަކެތި ދަނީ ފޮނުވަމުންނެވެ. ބަލި މީހުން މަރުވަމުން ދަނީ ވެސް ކަންބޮޑުވާން ޖެހޭ އަދަދަކަށެވެ.

އިންޑިއާއިން މަރުވާކަމަށް ބުނާ އަދަދަށްވުރެ މާގިނަ މީހުން އިންޑިއާއިން މަރުވަމުންދާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

މިއަދު މެންދުރު ފަހުގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް އިންޑިއާގެ 17،313،305 މީހުންނަށް ކޮރޯނާ ވައިރަސް ޖެހި އެ ބަލީގައި 195،123 މީހުން މަރުވެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް