ތިޔަފެނުނީ ކުޑަ މަންޒަރެއް، އަދި ބޮޑު މަންޒަރު ކުރިއަށް އޮތީ -– ޑރ. ވަޙީދު
ހުކުރު ދުވަހު ތިޔަފެނުނީ ކުޑަމަންޒަރެއްކަމާއި އަދި ބޮޑު މަންޒަރު ކުރިއަށް އޮތީކަމަށް ޕީޕީއެމް ޕީއެންސީގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިގޮތަށް ވިދާޅުވީ އިއްޔެ ޕޮލިސްއަށް ޙާޒިރުކުރެއްވުމަށްފަހު އެތަނުން ބޭރަށްނިކުމެވަޑައިގަތުމުން ރިޕޯޓަރުންކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު އެޗްޕީއޭގެ އެންގުމާއި ޚިލާފުވެފައިވަނީ އެމަނިކުފާނު ނޫންކަމާއި އެކަން ފާޅުބޮޑުގޮތެއްގައި އެޗްޕީއޭ އާއި ސަރުކާރަށް ގޮންޖަހައި ކުރެއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔަތުންގެ މަޖިލިސްގެ ރައިސް ނަޝީދުއާއި އޭނާގެ ބައިވެރީންކަމުގައެވެ. ނަމަވެސް ރައީސް […]
ފްލެޓުތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅޭގޮތް ހަދައިފި
ފްލެޓުތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅޭގޮތް ހަދައިފިއެވެ. ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ތެރެއިން ވަގުތީ ލިސްޓު އާންމުކޮށްފައިވާ ހަތަރު ކެޓަގަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާކަމަށް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފިއެވެ. ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު އިއުލާނެއްގައި ބުނީ ”މިފަހަރުގެ ދާއިމީ ލިސްޓު ފުރިހަމަ ކުރުމަށް ޓަކައި ހުރިހާ ފަރާތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ“ ކަމަށާއި ”ފްލެޓަށް އެދުނު މީހުންގެ ތެރެއިން ނުލިބޭ މީހުންނާއި ފްލެޓު ލިބިފައިވާ އެެހެން މީހަކާއި […]
މޯލްޑިވިއަނުން މެލޭޝިއާއަށް ހާއްސަ ފްލައިޓެއް ބާއްވަނީ
މޯލްޑިވިއަން އިން މެލޭޝިއާ އަށް ހާއްސަ ފްލައިޓެއް ބާއްވަން މޯލްޑިވިއަން އިން ނިންމައިފިއެވެ. މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތޮގައި އަންނަ މަހުގެ 10 ވަނަ ދުވަހު ހާއްސަ ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެފްލައިޓަކީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފްލައިޓެއްކަމަށެވެ. މޯލްޑިވިއަން އިން އިތުރަށް ހާމަކުރި ގޮތުގައި ”އެއްކޮޅު ޓިކެޓު 385 ޑޮލަރަށް ލިބޭނެ ކަމަށާއި މިހާރުން ފެށިގެން ބުކިން ހެއްދޭނެ“ ކަމަށެވެ. މި ފްލައިޓް ބާއްވަން ނިންމީ މެލޭޝިއާގައި ކިޔަވާ ދިވެހި […]
އިންޑިއާގެ ކަނާތުފިޔާގެ ހިންދީ ވަތަނީ ގްރޫޕަކުން ބޮލީވުޑުގެ ތަރި އާމިރު ޚާންއާއި ދިމާކޮށްލައިފި
އިންޑިއާގެ ސަރުކާރުގެ ކަނާތުފިޔާއަށް ތާއީދުކުރާ މީހުންތަކެއް ބޮލީވުޑުގެ ތަރި އާމިރު ޚާންއާއި ދިމާކޮށްފިއެވެ. އެމީހުން ތުހުމަތު ކުރާ ގޮތުގައި މުސްލިމް އެކްޓަރު މަސައްކަތްކުރަނީ އިންޑިއާއި ދެކޮޅަށް ޗައިނާއާއި ތުރުކީއަށް ތާއީދުކޮށްގެންނެވެ. އެމީހުން މަޖައްލާއެއްގެ ބޭރު ގަނޑުގައި އޭނާގެ ފޮޓޮއެއް ޖަހާ، ސުރުޚީއަކަށް “ ޑި ޑްރެގަންސް ފޭވަރިޓް ޚާން“ ލިޔެ މަޖައްލާ ޝާއިއުކޮށްފިއެވެ. އާމިރު ޚާން އަކީ ޗައިނާގައި ވަރަށް މަޝްހޫރު ބަތަލެކެވެ. އޭނަ ފޮލޯ ކުރާ 1.16 މިލިއަން މީހުން ތިބެއެވެ. އާމިރު ޚާން ތުރުކީގައި […]
މާލީގެ ބަޣާވަތާއި ގުޅިގެން އެމެރިކާ ޢާއި ޔޫރަޕިއަން ޔޫނިއަނާއިމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، އެއްބަޔަކު އަނެއްބަޔެއްގެެބޮލުގައި އިލްޒާމް އަޅުވަމުންދޭ
ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ، މާލީގައި ގެނެވުނު ބަޣާވާތް ގެނައި ސިފައިން ތަމްރީނު ކުރި ކަމުގެ ތުހުމަތު ބުރޫސެލްސްއާއި ވޮޝިންޓަނުން އެއްބަޔަކު އަނެއްބަޔަކަށް ކުރަމުން އެބަދެއެވެ. މާލީގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށް ސިފައިން ވެރިކަމާއި ހަވާލުވުމާއި ގުޅިގެން، ނުތަނަސަވަންކަން އުފެދިފައިވަނީ އެގައުމުގެ އެތެރޭގައި އެކަނޏެއްނޫނެވެ. ބައިނަލްއަގުވާމީ މަޝަރްހުގައިވެސްވަނީ ނުތަނަވަސްކަން އުފެދިފައެވެ. މާލީގައި ހަމަނުޖެހުން އުފައްދަން އެހީވި ކަމުގެ ތުހުމަތު ވާަދަވެރި ބާރުތަކުންދަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ. ގުދުރަތީ ވަސީލަތްތަކުން މުއްސަނދި އެފްރިކާގެ މި ގައުމަށް […]
ޔޫ އޭ އީން އިޒްރޭލު ބޮއިކޮޓުކުރުން ކެންސަލްކޮށް، އިޒުރޭލުގެ ފްލައިޓުތަކާއި، ވިޔަފާރިތަކާއި އެންބަސީ ހުޅުވުމުގެ ދޮރު ހުޅުވާލައިފި
ޔޫ އޭ އީން އިޒްރޭލު ބޮއިކޮޓުކުރުން ރަސްމީކޮށް ނިންމިކަން އިއުލާންކުރުމަށް ޔޫ އޭ އީގެ ވެރިޔާ ބަޔާނެއް ނެރުއްވައިފިއެވެ. މިއީ އެމެރިކާ މެދުވެރިވެގެން އެއްބަސްވި ސިޔާސީ ގުޅުމުގެ އެއްބަސްވުމާޢި އެއްގޮތަށް ކުރި ކަމެކެވެ. ސަރުކާރުގެ ނޫސް އެޖެންސީ ޑަބްލިއު އޭ އެމްއިން ހޮނިހިރި ދުވަހު ބުނެފައިވާ ގޮތުގައި އެ ބަޔާން ނެރުއްވީ ޔޫއޭއީގެ ރައީސް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އެވެ. އެއީ އަބޫދާބީއާއި އެމިރޭޓުސްގެ ވެރިޔާ ޝެއިޚު ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ […]
ﷲއަށް އީމާންވުމުގެ މުހިންމުކަން
ގަސްގަހާގެހި އާރޯކަމާއި ތާޒާކަމާއެކު ދެމިހުރުމަށް ފެނަށް ބޭނުންވާފަދައިން، އިންސާނާ އޭނާގެ حياة ބާއްޖަވެރި ކުރުމަށްޓަކައި، އީމާންކަމަށް ބޭނުންވެއެވެ. ﷲ އަށް އީމާންވުމަކީ، އިންސާނާގެ ހިތުގައި ދިރިއުޅުމުގެ شوق ވެރިކަމާއި އުންމީދު އާލާކޮށްދޭ ވަރަށް މުހިންމު ބަހާއެކެވެ. ދިރިއުޅުމުގެމަތިން އުންމީދުކެނޑި މާޔޫސްކަމުގެ ކަނޑަށް ގެނބިގެންދަނީ، ﷲ އަށް އީމާންނުވާ މީހުންނެވެ. އީމާންކަމަކީ، ހިތްތައް އުންމީދުން ފުރާލަދޭ ކަމެކެވެ. ހެޔޮފާލުގެ شعور ތަކާއި، ބާއްޖަވެރިކަމުގެ إحساسތައް އުފައްދާ ކަމެއްވެސް މެއެވެ. އެހެނީ ﷲއަށް އީމާންވާ މީހާ ގަބޫލުކުރާ ގޮތުގައި އޭނާވަނީ، […]
ކަރަންޓީންވުމަށް ދެކޮޅު ހަދައިފިނަމަ ޖޫރިމަނާ ކުރަނީ!
ކަރަންޓީނު ކޮށްގެން ނުވަތަ އެފަދަ މަރުކަޒެއްގައި އެކަހެރި ކޮށްގެން ފަރުވާދޭން ހުރަސްއަޅާ ފަރާތްތަށް ޖޫރިމަނާ ކުރާ ގޮތަށް ހަމަޖައްސައިފިއެވެ. މިހެން ނިންމާފައިވަނީ ކަރަންޓީން ކުރުމާއި ބެހޭ ޤަވާއިދަށް ގެނެވުނު އިސްލާހުތަކެއްގެ ތެރެއިންނެވެ. މިޤަވާއިދުގައި ވާގޮތުން ކަރަންޓީނުވެގެން ފަރުވާ ހޯދަން ދެކޮޅުހެދުން، ނުވަތަ އެފަދަ މަރުކަޒެއް ހިންގަން ދެކޮޅު ހެދުމަކީ ކުށެކެވެ. އަދި އެފަދަ ފަރާތްތަށް ގިނަވެގެން 5000ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ފުރަތަމަ ފަހަރު ޤަވާއިދާ ޚިލާފް ވެއްޖެނަމަ ޖޫރިމަނާ ކުރެވޭނީ 2500 ރުފިޔާއިންނެވެ. ދެވަނަ ފަހަރަށް ކުރެވޭނީ […]
ކޯވިޑް19: އިއްޔެ އިތުރު 89 މީހަކު ފައްސިވެއްޖެ!
އިއްޔެ ރާއްޖެއިން ކޯވިޑް19 އަށް އިތުރު 89 މީހަކު ފައްސިވެއްޖެއެެވެ. އޭގެ ތެރެއިން 1 ވޭދަނަ އަތޮޅު ތެރެއިން ފެނިފައި ވާއިރު، ގްރޭޓރ މާލެ ސަރަހައްދުން ވަނީ، 88 ވޭދަނަ ފެނިފައެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 63 ދިވެހިންނެވެ. އޭގެ އިތުރުން ދެން ހިމެނެނީ، ބަނގްޅަދޭޝްގެ 20 މީހަކާއި، އިންޑިޔާގެ 5 މީހަކާއި، ސްރީލަންކާގެ އެކަކެެވެ. އިއްޔެ އަލަށް ފެނުނު ވޭދަނަތަކާއި އެކު، ރާއްޖެއިން […]
ޚާއްސައެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި މައްސައެއްގައި ދައުވާއުފުލައިފި
އައްޑޫސިޓީ ހިތަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ދެ މީހެއްގެ މަށްޗަށް ދައުވާކޮށް އެ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ. މިދިޔަ މަހު 31 ވަނަދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ އަންހެންމީހާ ރޭޕްކުރިކަމަށް ދައުވާކޮށްފައިވަނީ އައްޑޫ ހިތަދޫ ޒަހާމަންޒިލް، އަލީ ޝިމާއު ޒުބައިރު އާއި މާލެ، ދަފްތަރު ނަންބަރު963، މަޚްތޫމް މޫސާ ދީދީގެ މަށްޗަށެވެ. އެ ދެ މީހުންމަށްޗަށް ނުކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ […]