އިންޑިއާގެ ކަނާތުފިޔާގެ ހިންދީ ވަތަނީ ގްރޫޕަކުން ބޮލީވުޑުގެ ތަރި އާމިރު ޚާންއާއި ދިމާކޮށްލައިފި

79

އިންޑިއާގެ ސަރުކާރުގެ ކަނާތުފިޔާއަށް ތާއީދުކުރާ މީހުންތަކެއް ބޮލީވުޑުގެ ތަރި އާމިރު ޚާންއާއި ދިމާކޮށްފިއެވެ.

އެމީހުން ތުހުމަތު ކުރާ ގޮތުގައި މުސްލިމް އެކްޓަރު މަސައްކަތްކުރަނީ އިންޑިއާއި ދެކޮޅަށް ޗައިނާއާއި ތުރުކީއަށް ތާއީދުކޮށްގެންނެވެ.

އެމީހުން މަޖައްލާއެއްގެ ބޭރު ގަނޑުގައި އޭނާގެ ފޮޓޮއެއް ޖަހާ، ސުރުޚީއަކަށް ” ޑި ޑްރެގަންސް ފޭވަރިޓް ޚާން” ލިޔެ މަޖައްލާ ޝާއިއުކޮށްފިއެވެ.

އާމިރު ޚާން އަކީ ޗައިނާގައި ވަރަށް މަޝްހޫރު ބަތަލެކެވެ. އޭނަ ފޮލޯ ކުރާ 1.16 މިލިއަން މީހުން ތިބެއެވެ.

އާމިރު ޚާން ތުރުކީގައި ފިލްމެއްގެ ޝޫޓިން ބާއްވާ، ތުރުކީގެ މަހާރެހެންދި އަމީނާ އުރުދުގާން އާއި ބައްދަލު ކުރުމުގެ ސަބަބުންވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ތުރުކީއަކީ އިންޑިއާއިން ކަޝްމީރު ހިފައިގެން ތިބޭތިބުމާއި ދެކޮޅަށް އެންމެބޮޑަށް ވާހަކަ ދައްކާ ގައުމެވެ. ކަޝްމީރަކީ އިންޑިއާއާއި ޕާކިސްތާނާއި ދެމެދު އޮންނަ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދެކެވެ.

 

1 ހިޔާލު

  1. މޯޑީ ގެ ގެރީގެ މައްސަތައް ފާލުންނަށްޓަނީ. ހިންދޫ ހައްދުފަހަނަ އަޅައިފާވާ ގުރޫޕުގެ މުސީބާތުގައި އިންޑިއާ ޖެހެމުންދާތީ ވަރަށް ދެރަވަމެވެ. އިންޑިއާ އަކީ ކުރިން މި ގެރީގެ މުސީބާތުގައި ޖެހި އަވަދިވުމުގެ ކުރިން އިންޑީއާ ކަނޑުގައި އޮތް އެންމެ ޓޮލެރަންސް ގައުމުވެސްމެއެވެ. ވަރަށް ބަދުނަސީބުގޮތެއް ވަމުންމިދަނީ އިންޑިއާ އަށާއި އިންޑިއާގެ ރަޙުމަތްތެރިންނަށްވެސް!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ