އިސްދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފި އެވެ. މި މަޝްރޫއުގެ ދަށުން 27129 އަކަމީޓަރު ސަރަހައްދު ބަނދަރު ފުންކުރުމާއި 230 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 208 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 1560 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ. ޕްލޭނިންގް […]

ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި ދެމީހަކަށް ދަޢުވާކޮށްފި!

އައްޑޫ ސިޓީގައި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާކޮށް، ޖިންސީ ގޯނާ ކުރި ދެމީހެއްގެ މައްޗަށް ދަޢުވާ ކޮށްފިއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ. މި މައްސަލާގައި ދަޢުވާ ކުރަން ފޮނުވާފައިވަނީ ކ.މާލެ ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީ އަދި، ސ.ހިތަދޫ ޒަހާމަންޒިލް، އަލީ ޝިމާލް ޒުބައިރުގެ މައްޗަށް ކަމަށް ޕްރޮސެކިއުޓަރ ޖެެނެރަލް އޮފީހުން ބުނެއެވެ. މި މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. […]

މިއަހަރުގެ ކޮމިއުނިޓީ ޝީލްޑް އާސެނަލްއިން އުފުލާލައިފި!

މިއަހަރުގެ އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން، ރޭކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗްގައި، ލިވަޕޫލް ބަލިކޮށް އާސެނަލް އިން ޝީލްޑް އުފުލާލައިފިއެވެ. މިއީ އާސެނަލް އިން ޝީލްޑް އުފުލާލި 16 ވަނަ ފަހަރެވެ. މިމެޗުގެ 12 ވަނަ މިނިޓުގައި، އާސެނަލްގެ އޯބަމަޔަން ކާމިޔާބު ކޮށްދިން ގޯލާއިއެކު ފުރަތަމަ ލީޑް ނެގީ އާސެނަލް އިންނެވެ. ގޯލަށް ފަހު އާސެނަލް ޑިފެންސިވް ގޭމެއް ކުޅެ، ހާފް ނިންމާލީ 1-0 ގެ ނަތީޖާއިން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފެށިގެން އައިއިރު ލިވަޕޫލްގެ […]

ފްލެޓް ލިސްޓް: ބައެއް ނުކުޅެދޭ ކުދިންނަށް ދިން އަނިޔާއެއް!

   ރައީސް ޔާމީންގެ ޒަޢާމަތުގައި އަޅާފައިވާ ހިޔާ މަޝްރޫޢުގެ 7000 ފްލެޓް ލިބޭ ކެޓެގަރީތަކުން އެއް ކެޓެގަރީ އަކީ ނުކުޅެދޭ ކުދިންގެ ކެޓެގެރީއެވެ. މިދިޔަ ދައުރުގައި ބައެއް ފަރާތްތަކަަށް ފްލެޓްގެ ލިޔުން ހަވާލުކޮށްފައި ވަނިކޮށް، މި ސަަރުކާރުން ވަނީ އެއަށް ބަދަލު ގެނެސް އަލުން ލިސްޓެއް އިއުލާން ކޮށްފައެވެ. މިކަމުގައި އެތައް ބަޔެއްގެ ޙައްޤުތައް ފޭރިގަނެފައި ވާކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، އޭގެން އެއް ކުއްޖެއްގެ ވާހަކަ އެކުއްޖާގެ ބައްޕަ ވަނީ ސޯޝަލް މީޑިޔާގައި ހާމަ […]

ކޯވިޑް19: އިއްޔެ ފައްސިވީ 109 މީހުން!

 ރާއްޖެއިން ކޯވިޑް19 އަަށް އިތުރު 109 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 3 މީހަކު އަތޮޅުތެރެއަށް ނިސްބަތް ވާއިރު، 106 ކޭހެއް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ.      އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި، 80 ދިވެއްސަކު ހިމެނޭއިރު، ދެން އިތުރަށް ހިމެނެނީ ބަނގްޅަދޭޝްގެ 24 މީހަކާއި، އިންޑިޔާގެ 2 މީހަކާއި، ލަންކާގެ ދެމީހަކާއި، އަދި ނޭޕާލްގެ މީހެކެވެ.      އިއްޔެ ފައްސިވީ މީހުންނާއިއެކު، ބައްޔަަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު […]

ދިއްދޫ ނައިން އަ ސައިޑް ފުޓުބޯޅަ މުބާރާތް ޓީނޭޖް ބޯއީސްއިން ކާމިޔާބުކޮށްފި!

ހއ.   ދިއްދޫ ނައިން އަ ސައިޑް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯރޓްސް ކްލަބުން ހޯދައިފިއެވެ. އެޓީމުން މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި ލައިކެން އާއި ބައްދަލުކޮށް، 2-0 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްގެންނެވެ.     ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްެ މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޓީނޭޖްގެ ޖަރޒީ ނަމްބަރ 31 ހުސައިން ޒިމްޔާން އެވެ.     އިއްޔެ ހަވީރު މެޗަށްފަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި […]

އޮންލައިން ވިޔަފާރިތައް ވެބްސައިޓަކުން ބަލައިލެވޭނެ ގޮތް ހަދަނީ

parking space in male city news

ކޯވިޑް-19 ގެ މި ހާލަތުގައި ކުދި އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށްގެން އަދި އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި ވެބްސައިޓެއް އުފައްދަން ނިންމައިފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ގުޅިގެން ކުރާ މި މަސައްކަތުގެ ދަށުން، އަޒަބައިޖާންގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް ހައި ޓެކްނޮލޮޖީޒް އާއި ޔޫއެންޑީޕީ އަޒަރުބައިޖާންއާއެކު ވަނީ މިކަމަށް ޕާޓްނާޝިޕަކަށް އައިސްފައެވެ. މީގެ ދަށުން އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން […]

މެލޭޝިއާއިން އެގައުމުގެ ފުރަބަންދުގެ މުއްދަތު 31 ޑިސެންބަރަށް އިތުރުކޮށްފި

މެލޭޝިއާގެ ބޮޑު ވަޒީރު ތަން ސްރީ މުޙުޔިއްދީން ޔާސީން ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތުވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެހެންނަމަވެސް، ”ތިބޭފުޅުންގެ ފައިދާއަށް، ފުރަބަންދުގެ މުއްދަތު 31 ޑިސެންބަރު 2020 އަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިން“،  ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު މުޙުޔިއްދީން މެލޭޝިއާގެ ރައްޔިތުންނަށް ދެއްވި މެސެޖުގައި ވިދާޅުވިއެވެ.  ހަމަ މިގޮތަށް، ބޭރު ގައުމުތަކުގެ ފަތުރުވެރިންނަށް މެލޭޝިއާއަށް އެތެރެވުން އަދިވެސް މަނާވާނެ ކަމަށާއި، މިއީ މެލޭޝިއާއަށް ބޭރުން އަތުވާދެ ވޭދަނަތައް ހުއްޓުވަން އެޅުއްވި ފިޔަވަޅެއްކަމުގައިވެސް […]

މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް!

      ރޭ މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އަލިފާންގަނޑު ފުރަތަމަ ރޯވެފައިވަނީ ބޮޑުތަކުރުފާނުމަގުގައި އެސްބީއައި ކައިރީގައި ހުންނަ ކެފޭ ޓިއޯލޯގައެވެ. ކެފޭގައި ހިފި އަލިފާންގަނޑު ކޮނޓްރޯލްނުވެ ކެފޭވަނީ އަނދާ ހުލިވެފައެވެ. މި ކެފޭއަކީ ދެފަންގިފިލާއަކަށް ހަދާފައި ހުރި ކެފޭއެކެވެ.         އެއަށްފަހު ދެން އަލިފާންހިފައި އަނދަންފެށީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ ހުރި އިމާރާތެވެ. އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ވަނީ ވަރަށް ބޮޑަށް […]

ކޯވިޑް19: އިއްޔެ އިތުރު 140 މީހަކު ބައްޔަށް ފައްސިވެއްޖެ!

news

   ރާއްޖެއިން ކޯވިޑް19 އަށް އިތުރު 140 މީހަކު ބައްޔަށް ފައްސިވެއްޖެއެވެ. އިއްޔެ 136 މީހަކު މާލެއިން ފައްސިވީއިރު، އަތޮޅުތެރެއިން ފައްސިވެފައިވަނީ 4 މީހެކެވެ.      އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި 114 ދިވެހިން ހިމެނެއެވެ. އޭގެ އިތުރަށް ދެން ހިމެނެނީ ބަނގްޅަދޭޝްގެ 17 މީހަކާއި، އިންޑިޔާގެ 3 މީހަކާއި، ނޭޕާލްގެ 2 މީހަކާއި، އެމިރޭޓްސްގެ 2 މީހަކާއި، ކެންޔާގެ އެކަކު އަދި ފްރާންސްގެ އެކަކެވެ.      އިއްޔެ ފައްސިވީ މީހުންނާއިއެކު، ބައްޔަށް ފައްސިވީ […]