މެލޭޝިއާއިން އެގައުމުގެ ފުރަބަންދުގެ މުއްދަތު 31 ޑިސެންބަރަށް އިތުރުކޮށްފި

330

މެލޭޝިއާގެ ބޮޑު ވަޒީރު ތަން ސްރީ މުޙުޔިއްދީން ޔާސީން ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތުވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެހެންނަމަވެސް، “ތިބޭފުޅުންގެ ފައިދާއަށް، ފުރަބަންދުގެ މުއްދަތު 31 ޑިސެންބަރު 2020 އަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިން”،  ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު މުޙުޔިއްދީން މެލޭޝިއާގެ ރައްޔިތުންނަށް ދެއްވި މެސެޖުގައި ވިދާޅުވިއެވެ. 

ހަމަ މިގޮތަށް، ބޭރު ގައުމުތަކުގެ ފަތުރުވެރިންނަށް މެލޭޝިއާއަށް އެތެރެވުން އަދިވެސް މަނާވާނެ ކަމަށާއި، މިއީ މެލޭޝިއާއަށް ބޭރުން އަތުވާދެ ވޭދަނަތައް ހުއްޓުވަން އެޅުއްވި ފިޔަވަޅެއްކަމުގައިވެސް ވިދާޅުވިއެވެ

1 ހިޔާލު

  1. ތިވެސް ވަރުގަދަ ޕްރައިމިނިސްޓަރެއް ނޫންތޯއެވެ. ޕާލިމެންޓުގެ ރުހުން ނުލިބޭތީ ކޮވިޑް ކޮވިޑް އޭ ކިޔައިގެން ހަމަ އިމާޖެންސީ މުއްދަތު ހެޓަކަށް ދަންމަނީއެވެ. ވެރިކަން ބީވެދާނެތީ ކޮންމެމީހަކުވެސް ގޭމްޖެއްސެން އޮތްގޮތަކަށް ގޭމްޖައްސަނީއެވެ. ދުނިޔެ ކާނި މަކަރާ ޖަހައިގެނެވެ. ދޯ؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ