ވިސާ އާ ނުކުރެވިފައިވާ ބިދޭސީން، ބަނދަރަށް ދިއުމުން ފުރޭނެ އިންތިޒާމް ހަމަޖައްސައިފި

ރާއްޖޭގައި ތިބި ބިދޭސިންގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން ވިސާ އާ ނުކުރެވި ތިބި ބިދޭސިންގެ ވިސާގެ މުއްދަތު އިތުރުނުކޮށް ފުރާ ބަނދަރަށް ދިއުމުން ފުރޭނެ އިންތިޒާމް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ. އިމިގްރޭޝްނ އިން މިއަދު ނެރު އިއުލާންއެއްގައި ބުނެފައިވަނީ މި އިންތިޒާމްގެ ދަށުން ޓޫރިސްޓް ވިސާ އާއި ބިޒްނަސް ވިސާ އަދި ކަނޑުބޯޓްތަކުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވިސާ މާޗް 19ގެ ފަހުގެ ތާރީޚަކަށް ހަމަވާނަމަ ވަޒީފާގެ މުއްދަތު އިތުރުނުކޮށް […]

ސަބަބުތަކަކީ ކަމެއް ހާސިލް ކުރަން މުހިންމު ކަމެއް ނޫންކަން ދުށުމީ ސިކުޑީގެ އުނިކަމެއް: ޚުތުބާ

ސަބަބުތަކުގައި ހިފުމަކީ މާތްﷲ އަށް ކިޔަމަން ތެރިކަން އަދާކޮށް އެކަލާނގެއަށް އީމާން ވުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި، އެ ސަބަބުތަކަކީ ކަމެއް ހާސިލް ކުރުމުގައި މުހިންމު ކަމެއް ނޫންކަމުގައި ދުށުމީ ސިކުޑީގެ އުނިކަމެއްކަމަށް ޚުތުބާގައި ބުނެފި އެވެ. ހައްގުގޮތުގައި ﷲ އަށް ވަކީލުކުރުމުގެ މައުޟޫއަށް ޚާއްސަ ކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މާތްﷲ ކާއިނާތުގެ ކަންކަން ރާއްވަވައި ހިންގަވަނީ އެކަލާނގެ ލައްވާފައިވާ ކައުނީ ސުންނަތްތަކާ އެއްގޮތަށް ކަމަށާ ކޮންމެ ކަމެއް ވުމަށްޓަކައި ވެސް އެކަލާނގެ ލައްވާފައިވާ […]

އެމިރޭޓްސް އަދި އިއްތިހާދު އެއާރވޭސް އިން ފްލައިޓްތަކުގެ މުއައްޒަފުން އުޖޫރަނުލިބޭ ގޮތަށް ޗުއްޓީ ނަގަން އަންގައިފި

ހަބަަރުލިބޭގޮތުގައި މެދުއިރުމަތީގެ ދެ ކުންފުނި ކަމަށްވާ އެމިރޭޓްސް އަދި އިއްތިހާދު އެއާރވޭސްއިން އަންނަ މަހުން ފެށިގެން އުޖޫރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށް ކެބިން ކްރޫއިންނަށް ދަނީ އަންގަމުންނެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ސިއްހީ ކާރިސާ އާއި ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ނިސްބަތްވާ އެއާރލައިންތަކުން އެތައްހާސް ވަޒީފާތަކެއް އުވާލާފައިވެއެވެ. ”ރޮއިޓާރސް ޓުޑޭ“ ގެ ރިޕޯޓަކުން ހާމަވާގޮތުގައި މި ދެ އެއާރލައިނުން އަނެއްކާވެސް މުވައްޒަފުންނަށް މިފަދައިން ޗުއްޓީ ނެގުމަށް އަންގައިފިއެވެ. މިފިޔަވަޅު އަޅަން ކުންފުނިތަކުން ނިންމާފައިވަނީ […]

އެކްސްކުލޫސިވް: ވޮޝިންޓަން ގައި ނަތަންޔާހޫއާއެކު ބޭއްވުމަށް ރޭވި ބައްދަލުމަށް މުހައްމަދު ބިން ސަލްމާން ވަޑައެއް ނުގެންނެވި

mbs trump

އިޒުރޭލުގެ ބޮޑު ވަޒީރާއި ސަޢޫދީ ވަލީ އަހުދު ބައްދަލުކުރެއްވުމަށް، ޢާންމުކޮށް އެންމެނަށް ފެންނަގޮތަށް  ބައްދަލުވުމެއް ބޭއްވުމަށް ރޭވިއެވެ. އެހެންނަމަވެސް، އެ ބައްދަލު ބޭއްވުމަށް، ކުރައްވަން އުޅުއްވި ދަތުރުގެ މަޢުލޫމާތު ލީކުވުމާއި ގުޅިގެން ރޭވި ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.  ވޮޝިންޓަންގައި އިޒުރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ސަޢޫދީ ވަލީ އަހުދު  މުހައްމަދު ބިން ސަލްމާން ބާއްވަން ރޭވި ބައްދަލުވުން ކެންސަލް ކުރެއްވީ އެދަތުރުގެ ޚަބަރު ލީކުވެ، އެމެރިކާގެ ވެރިރަށުގައި ހުންނެވި ޚަބަރު ފެތުރުމުން، ބޮޑު ކަންތައްގަނޑަކަށް ވެދާނެތީއެވެ.  […]

ކޯވިޑް-19: އިތުރު 104 މީހަކު ބައްޔަށް ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 104 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 102 ކޭހެެއް ފެނިފައިވާއިރު، އަތޮޅުތެރެއިން ވަނީ 2 ކޭހެއް ފެނިފައެވެ. އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ، 7329 އަށް އަރައިފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 2610 ކޭހެއް ފާހަގަ ކުރެވޭ އިރު، 180 ފަރާތަކަށްދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. މިބަލިން މިހާތަނަށް 4691 މީހަކު ފަސޭހަވެފައިވާ އިރު، 28 […]

ހޯރަފުށީ އެއަރޕޯޓުގެ ޓަރމިނަލްއާއި ފަޔަރ ބިލްޑިންގ އިމާރާތްކުރަން ބަޔަކާ ހަވާލު ކޮށްފި!

ހޯރަފުށީ އެއަރޕޯޓުގެ ފަޔަރ ބިލްޑިންގްއާއި ޕެސެންޖަރ ޓާމިނަލް ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ މިހާރުވެސް އެއަރޕޯޓްގެ މަސައްކަތް ކުރަމުންގެންދާ އެމްޓީސީސީ އަށެވެ. މިކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދަޢުލަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ،  އާދަމް އާޒިމްއެވެ. މިމަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 80 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިމަޝްރޫޢަކީ 16،131،042.02 ރުފިޔާގެ މަޝްރޫޢެކެވެ. ހޯރަފުށީ އެއަރޕޯޓް އަކީ […]

އިހަވަންދޫ ކައުންސިލް ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

އިހަވަންދޫ ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ. މިއީ މި ނަމުގައި އެރަށުގައި ބޭއްވޭ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޤަވާއިދު ވަނީ ކައުންސިލްގެ ފޭަސްބުކް ޕޭޖުގައި ޝާޢިޢު ކޮށްފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލްގެ މި ޕޭޖުން ޑައުންލޯޑް ކުރެވޭނެއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރ 2020 ވާ ހޮނިހިރު ދުވަހުއެވެ. އަދި 31 އޯގަސްޓްގެ 14:00 ގެ ކުރިން ބައިވެރިވާން އެދޭ ފޯމް ކައުންސިލްގެ އިދާރާއަށް ނުވަތަ ފޭސްބުކް […]

ސަންދާނު ދަ ބްލެކް ޑޭ! 4 ވަނަބައި

sandhaanu news

7 ޖުލައި 2002، މިއަދަކީ ދިވެހިރާއްޖޭގެ ގާނޫނާއި ޚިލާފަށް ސަންދަނުގެ ބައިވެރީންނަށް ޢުމުރުދުވަހުގެ ޖަލުޙުކުމަކާއި އަދި އެއް އަހަރު ދުވަހަށް އަރުވާލުމަށް ކުރީގެ ޑިކްޓޭޓަރ މައުމޫނު ޢަބުދުލް ގައްޔޫމްގެ ބޭނުންފުޅަކަށް ދިވެހިރާއްޖޭގެ ޢަދާލަތުގެ ދަރުބާރުން ފުރަތަމަފަހަށް (ރައްޔިތުން ބިރުދެއްކުމަށްޓަކައި) މިފަދަ ޙުކުމެއް ކުރި ފުރަތަމަ ދުވަހެެވެ. މިހާރުގެ ސިޔާސީ ކުދިންނަށް މިޙަގީގަތް ނޭނގި އޮތުމަކީ ހަމަ އެކަށިގެންވާ ކަމެކެވެ. އެހެންވުމާއި އެކު ސަންދާނު މިގެނެސްދިނީ ދިވެހިރާއްޖެ ޑިމޮކްރަސީ އާއި ޢަދުލު އިންސާފުގެ މަގަށް ކުރި އެތަކެއް ދަތުރުތަކަކުން […]

ޕެންޝަނަށް އެދި ފޯމް ހުށަނޭޅިދާ ދުވަސްތަކަށް ވެސް ފައިސާ ލިބޭގޮތް ހަދައިފި

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކަނޑައަޅާފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޕެންޝަން އަށް އެދި ފޯމު ހުށަނޭޅި ދާ ދުވަސްތަކަށް ވެސް އަސާސީ ޕެންޝަނުންވާ ފައިސާ ދޭ ގޮތަށް ނިންމައި އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދު އިސްލާހު ކޮށްފި އެެވެ. އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދު އިސްލާހުކޮށް  މިއަދު ވަނީ ގެޒެޓް ކޮށްފަ އެވެ. މި އިސްލާހުގައި ވާގޮތުން  އާންމު ސިއްޚަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަސް ކަމަށްވާ މާޗް 12 […]

ޑިޖިޓަލް ވޮލެޓު ތަކުން ފޮނުވާ ފައިސާ ޖަމާވާނީ ރުފިޔާ އެކައުންޓްތަކަށް: ބީއެމްއެލް

ރާއްޖޭން ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓު ތަކުން ފޮނުވާ ފައިސާ ރުފިޔާ އެކައުންޓްތަކަށް ޖަމާކުރެވޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ”ވިސާ ޑައިރެކްޓް“ ”މާސްޓަ ކާޑް ސެންޑް“ ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓް ތަކަށް ޖަމާކޮށްދިނުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. އެމްއެލް އިން ބުނީ، ޓްރާންސްފާ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް […]