ހޯރަފުށީ އެއަރޕޯޓުގެ ޓަރމިނަލްއާއި ފަޔަރ ބިލްޑިންގ އިމާރާތްކުރަން ބަޔަކާ ހަވާލު ކޮށްފި!

Loading

Facebook
Twitter
WhatsApp

ހޯރަފުށީ އެއަރޕޯޓުގެ ފަޔަރ ބިލްޑިންގްއާއި ޕެސެންޖަރ ޓާމިނަލް ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ މިހާރުވެސް އެއަރޕޯޓްގެ މަސައްކަތް ކުރަމުންގެންދާ އެމްޓީސީސީ އަށެވެ.

މިކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދަޢުލަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ،  އާދަމް އާޒިމްއެވެ.

މިމަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 80 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިމަޝްރޫޢަކީ 16،131،042.02 ރުފިޔާގެ މަޝްރޫޢެކެވެ.

ހޯރަފުށީ އެއަރޕޯޓް އަކީ 1200 މީޓަރުގެ ރަންވޭއަކާއި، 8635 ސްކޮއާ މީޓަރުގެ އެޕްރަންއަކާއި، އަދި ޓެކްސީވޭއަކާއި އެކު ތަރައްޤީ ކުރެވޭ އެއަރޕޯޓްއެކެވެ. މި މަޝްރޫޢަށް 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފައެވެ. މި މަޝްރޫޢު މިއަހަރުގެ އޮކްޓޯބަރަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް