އެމިރޭޓްސް އަދި އިއްތިހާދު އެއާރވޭސް އިން ފްލައިޓްތަކުގެ މުއައްޒަފުން އުޖޫރަނުލިބޭ ގޮތަށް ޗުއްޓީ ނަގަން އަންގައިފި

Loading

Facebook
Twitter
WhatsApp

ހަބަަރުލިބޭގޮތުގައި މެދުއިރުމަތީގެ ދެ ކުންފުނި ކަމަށްވާ އެމިރޭޓްސް އަދި އިއްތިހާދު އެއާރވޭސްއިން އަންނަ މަހުން ފެށިގެން އުޖޫރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށް ކެބިން ކްރޫއިންނަށް ދަނީ އަންގަމުންނެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ސިއްހީ ކާރިސާ އާއި ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ނިސްބަތްވާ އެއާރލައިންތަކުން އެތައްހާސް ވަޒީފާތަކެއް އުވާލާފައިވެއެވެ. ”ރޮއިޓާރސް ޓުޑޭ“ ގެ ރިޕޯޓަކުން ހާމަވާގޮތުގައި މި ދެ އެއާރލައިނުން އަނެއްކާވެސް މުވައްޒަފުންނަށް މިފަދައިން ޗުއްޓީ ނެގުމަށް އަންގައިފިއެވެ. މިފިޔަވަޅު އަޅަން ކުންފުނިތަކުން ނިންމާފައިވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ވިޔަފާރިއަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމުގެ ގޮތުންނެވެ. މި މައުލޫމާތު ލިބިފައިވަނީ މުވައްޒަފުންނަށް ފޮނުވައިފައި ހުރި މެމޯތަކާއި އެތެރޭގެ މަސްދަރުތަކުންނެވެ. 

ކޮވިޑް ކާރިސާގެ ސަބަބުން ވައިގެ އުދުހުމުގެ ދާއިރާ އިނދަޖެހި، ޔޫ.އޭ.އީ ކުންފުނިތަކުން މިހާރުވެސް އެތައްހާސް ވަޒީފާއެއް ވަނީ ގެއްލިފައެވެ.

އެމިރޭޓްސްގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއް މެދުވެރިކޮށް އެކުންފުނީގެ ކެބިން ކްރޫއިންނަށް ސެޕްޓެންބަރު 1 ން ނޮވެންބަރު 30 ގެ ނިޔަލަށް، އެއްމަހާއި ތިންމަހާއި ދޭތެރޭގެ މުއްދަތަކަށް އުޖޫރައާއި ނުލައި ޗުއްޓީ ނެގިދާނޭ ކަމަށް އަންގައިފިއެވެ. މިފަދައިން ނިންމާފައިވަނީ މިހާލަތުގައި މުވައްޒަފުން ބޭނުންވާނޭ މިންވަރު ލަފާކުރުމަށްފަހުއެވެ. މައުލޫމާތުލިބޭ ގޮތުގައި މި އެއާރލައިން އިން ޖުލައި މަހުން ފެށިގެން ކުރިއަށް ގެންދަމުންދާ ޚަރަދު ކުޑަކުރުމުގެ މަޝްރޫއެއްގެ ދަށުން ނިމިގެންއައި ހަފުތާގައިވެސް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވެއެވެ.

ކުންފުންޏަށް ބޭނުންވާވަރަށް ވުރެން މުއަަްޒަފުން ގިނަ ކަމަށް އިއްތިހާދުން އެކުންފުނީގެ ކެބިން ކްރޫއިންނަށް އީމެއިލް މެދުވެރިކޮށް އަންގައިފައިވެއެވެ. ގިނަ ކްރޫއިންނަށް ފްލައިޓު ތަކުގައި މަސައްކަތްކުރަން ފުރުސަތު ނުލިބެއެވެ. އެކަން އެހެން އޮތުމަކީ ވިޔަފާރި ހީނަރުވެގެންދާ ކަމެކެވެ. މެމޯގައި ބުނެފައިވާގޮތުން ސެޕްޓެންބަރު 16 އިން ފެށިގެން 10 ދުވަހާއި 6 މަސް ދުވަހުގެ ދެމެދުގެ މުއްދަތަކަށް މުސާރައާއި ނުލައި ޗުއްޓީ ނެގިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް