ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ.
ބޭސްކުންފުނީގެ ”ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ“ ގެ ފާމަސީ ހުޅުވާފައިވަނީ މިއަދު އެވެ.
އެ ފާމަސީ ހުޅުވާފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯޕީޑީ ސަރަހައްދުގައެވެ.
ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.
ސްޓޭޓްފާމާއިން ބުނީ ބޭސްފަރުވާގެ ޚިދުމަތްތައް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ކޮންމެ ވަގުތަކުވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، އެ ފާމަސީގެ
ޚިދުމަތް 24 ގަޑިއިރު ދޭނެ ކަމަށެވެ.
![]()
