ރަޙިމުގެ ގުޅުން ދެމެހެއްޓުމުން ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލައްވާނެ: ޚުޠުބާ

Loading

Facebook
Twitter
WhatsApp
ޚުތުބާ

 ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައި ވަނީ ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ހުތުބާގައި ބުނީ މިއަދު އަހަރެމެން އެންމެންގެ ވެސް ޝަކުވާއަކީ، މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު، ދުވަހުންދުވަހަށް ދަށްވާ ވާހަކަ ކަމަށާއި ޢާއިލާގެ ތެރޭގައި އޮންނާންވާ ގުޅުންތައް ނޯންނަ ވާހަކަ ކަަމަށާއި ޢާއިލާތައް ރޫޅި ވިއްސިވިހާލިވާ ވާހަކަ ކަމަށެވެ. އަދި މި ކަންތައްތައް އިޞްލާޙުކުރާން މަސައްކަތްކުރާން ވެއްޖެ ވާހަކަ އިވޭ ކަމަށާއި މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، ބޮޑުވަމުން އަންނަ އަހަރެމެންގެ ދަރީން ތަރުބިޔަތުކުރެވޭ ގޮތް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ކޮންމެ އިންސާނަކުމެ މި ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

”މިކަމާ ގުޅޭ ގޮތުން ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِيْ رِزْقِهِ، أَوْ يُنْسَأَ لَهُ فِيْ أَثَرِهِ، فَلْيَصِلْ رَحِمَهُ) މާނައީ: ”ތިމާގެ ރިޒުޤު ތަނަވަސްވެ، ޢުމުރު ދިގުވުމަށް (އެބަހީ ޢުމުރުގައި ބަރަކާތްލެއްވުމުން) އުފާކުރާ މީހާ، ފަހެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.
ަރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާކަމަށް ހުތުބާގައި ބުނީ ބަދަލުދޭ ގޮތަށް (އަނެކާ ގުޅުން ބޭއްވީމާ ގުޅުން ބާއްވާ މީހާ)އަކީ ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހެއް ނޫނެވެ. ނަމަވެސް ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ، ގާތްތިމާގެ ކަމުގެ ގުޅުން ކެނޑިއްޖެ ހިނދު، އެ ގުޅުން ދަމަހައްޓާ މީހާއެވެ.
ހުތުބާގައި ބުނީ ޢާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނީ އަހަރެމެންނަށް ލިބޭ ދަރީން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށްގެން ކަމަށާއި އެ ކަން ކުރެވޭނީ ތަރުބިޔަތުކުރާން ތިބި ބަޔަކީ، އެ ކަމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށް ވެގެން ކަމަށެވެ. ޢާއިލާއެއްގައި ދެމަފިރީންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ކީރިތި ރަސޫލާ ވަނީ އަހަރެމެންނަށް ބަޔާންކޮށްދެއްވައިފައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. ޢާއިލާއެއްގައި ނަމަ ދެމަފިރީންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރީންގެ ޙައްޤުތަކަށް ރައްކާތެރިވުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް