ޓްރިވެންޑްރަމަށް ގެއްލިގެން ހޯދަމުންދިޔަ ދިވެހި ފިރިހެންމީހާ މިއަދު ހެނދުނުގެ ވަގުތެއްގައި ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔަ ރ. މީދޫ، އަތަމާގެ، ޢަލީ އިބްރާހީމް (އައްޔަބޭ) ފެނިފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:45 ހާއިރު ކަމަށާއި، ހާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ.
އޭނާ ގެއްލިގެން ހޯދަންފަށާފައިވަނީ ރޭ ނޫން ކުރީ ރޭގެ ފަތިހު 5:30 ހާއިރުން ފެށިގެން ޚަބަރެއް ވެފައި ނުވާތީ ކަމަށް ޢާއިލާއިން އޭރު ވަނީ ބުނެފައެވެ.
ޢަލީ އިބްރާހީމް އިންޑިއާއަށް ގޮސް އުޅުނީ ބޭސްފަރުވާއަކަށް ކަމަށް މިހާތަނަށް ލިބުނު މަޢުލޫމާތުން އެނގިފައިވެއެވެ.
![]()
