ކޯވިޑް-19: އިތުރު 104 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 104 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 102 ކޭހެެއް ފެނިފައިވާއިރު، އަތޮޅުތެރެއިން ވަނީ 2 ކޭހެއް ފެނިފައެވެ.

އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ، 7329 އަށް އަރައިފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 2610 ކޭހެއް ފާހަގަ ކުރެވޭ އިރު، 180 ފަރާތަކަށްދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

މިބަލިން މިހާތަނަށް 4691 މީހަކު ފަސޭހަވެފައިވާ އިރު، 28 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށްޓަކާ އެއްލައްކަ އަށް ވުރެން ގިނަ ސާމްޕަލްވަނީ ރާއްޖޭގައި ނަގައިފައެވެ.

އިއްޔެ 76 ދިވެހިން ބައްޔަށް ފައްސިވީއިރު، އިތުރަށް ފައްސިވީ ބަނގްޅަދޭޝްގެ 22 މީހަކާއި، އިންޑިޔާގެ 5 މީހަކާއި، ނޭޕާލްގެ އެކަކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް