އިހަވަންދޫ ކައުންސިލް ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

Loading

Facebook
Twitter
WhatsApp

އިހަވަންދޫ ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ. މިއީ މި ނަމުގައި އެރަށުގައި ބޭއްވޭ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މުބާރާތުގެ ޤަވާއިދު ވަނީ ކައުންސިލްގެ ފޭަސްބުކް ޕޭޖުގައި ޝާޢިޢު ކޮށްފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލްގެ މި ޕޭޖުން ޑައުންލޯޑް ކުރެވޭނެއެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރ 2020 ވާ ހޮނިހިރު ދުވަހުއެވެ. އަދި 31 އޯގަސްޓްގެ 14:00 ގެ ކުރިން ބައިވެރިވާން އެދޭ ފޯމް ކައުންސިލްގެ އިދާރާއަށް ނުވަތަ ފޭސްބުކް ޕޭޖަށް ފޮނުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. މި މުބާރާތް ފަށާ ތާރީޚަށް ބަދަލެއް ގެންނަނަމަ ފެށުމުގެ 5 ދުވަހުގެ ކުރިން އެންގޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

އިހަވަންދޫއަކީ އަބަދުވެސް ކުޅިވަރުގެ ފޯރި އާދަޔާ ޚިލާފަށް ގަދަ ރަށެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް