ދިއްދޫ ނައިން އަ ސައިޑް ފުޓުބޯޅަ މުބާރާތް ޓީނޭޖް ބޯއީސްއިން ކާމިޔާބުކޮށްފި!

Loading

Facebook
Twitter
WhatsApp
ހއ.   ދިއްދޫ ނައިން އަ ސައިޑް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯރޓްސް ކްލަބުން ހޯދައިފިއެވެ. އެޓީމުން މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި ލައިކެން އާއި ބައްދަލުކޮށް، 2-0 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްގެންނެވެ.
    ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްެ މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޓީނޭޖްގެ ޖަރޒީ ނަމްބަރ 31 ހުސައިން ޒިމްޔާން އެވެ.
    އިއްޔެ ހަވީރު މެޗަށްފަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ރެފްރީންނާއި އޮފިޝަލުންނަށް ހަނދާނީ ލިޔުން ދީފައެވެ. ހަމަ އެއާއި އެކު މުބާރަަތުގެ އެންމެ މޮޅު ނުވަ ކުޅުންތެރިންނަށް ވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ޓީނޭޖްގެ ﷲަަސައުދު އަޙްމަދާއި، ލައިކެންގެ މުހައްމަދު ވިޝާހާއި، ޓީނޭޖްގެ މޫސާ ސަމީހާއި، ބީއެކްސްގެ މުޙައްމަދު ރަޒީނާއި، ބީއެކްސްގެ ﷲއިނާޔަތު ޖަމީލާއި، އައްސޭރި އެފްސީގެ މުޙައްމަދު ލަޔާންއާއި، ޓީނޭޖްގެ ހިޝާމް ހަސަންއާއި، ލައިކެންގެ ޝިމްހާދު އިބްރާހިމް އާއި، ބީއެކްސް ސްޕޯޓްސް ކްލަބުގެ މުޙައްމަދު ނައުޝާދެވެ.
    މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ، ލައިކަން ސްޕޯރޓްސް ކްލަބުގެ ޖަރޒީ ނަންބަރު 11، ހުސައިން ޝިފާހުއެވެ.
    މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ، ޓީނޭޖްގެ ކޯޗް އަލީ ސައީދެވެ.
    ދިއްދޫ އަކީ އަބަދުވެސް ކުޅިވަރުގެ ފޯރި ގަދަ، ކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް ދިރިއުޅޭ ރަަށެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް