މިއަހަރުގެ ކޮމިއުނިޓީ ޝީލްޑް އާސެނަލްއިން އުފުލާލައިފި!

Loading

Facebook
Twitter
WhatsApp

މިއަހަރުގެ އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން، ރޭކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗްގައި، ލިވަޕޫލް ބަލިކޮށް އާސެނަލް އިން ޝީލްޑް އުފުލާލައިފިއެވެ. މިއީ އާސެނަލް އިން ޝީލްޑް އުފުލާލި 16 ވަނަ ފަހަރެވެ.

މިމެޗުގެ 12 ވަނަ މިނިޓުގައި، އާސެނަލްގެ އޯބަމަޔަން ކާމިޔާބު ކޮށްދިން ގޯލާއިއެކު ފުރަތަމަ ލީޑް ނެގީ އާސެނަލް އިންނެވެ. ގޯލަށް ފަހު އާސެނަލް ޑިފެންސިވް ގޭމެއް ކުޅެ، ހާފް ނިންމާލީ 1-0 ގެ ނަތީޖާއިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އައިއިރު ލިވަޕޫލްގެ ކުޅުން ބޮޑުތަނުން ރަނގަޅުކޮށް، ލިވަޕޫލުން ގޭމް ޑޮމިނޭޓް ކުރިއެވެ. ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލެއް ކާމިޔާބު ކުރުމަށް އާސެނަލްގެ ޑިފެންސް ލައިނުން ދިޔައީ ހުރަސް އަޅަމުންނެވެ. ލިވަޕޫލުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރީ 73 ވަނަ މިނިޓުގައެވެ. މި ގޯލް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޖަޕާންގެ ފޯވަރޑް، ޓަކޫމީ މިނަމީނޯއެވެ.

ނަތީޖާ ހަމަ ހަމަ ވުމުން މި މެޗުގައި ހަމަޖެހިފައި އޮތް ގޮތުން، ދިޔައީ ޕެނެލްޓީ ޝޫޓް އައުޓް އަކަށެވެ. ޕެނެލްޓީ ޝޫޓް އައުޓްގައި ލިވަޕޫލްގެ ޒުވާން ކުޅުންތެރިޔާ ރިއާން ބްރޫސްޓާ ފޮނުވާލި ބޯޅަ ދަނޑީގައި ޖެހި ބޭރަށް ގޮސްގެން، 5-4 ގެ ނަތީޖާއިން ކާމިޔާބު ކުރީ އާސެނަލް އިންނެވެ.

މި މެޗް ކުޅެފައިވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. ސީޒަން ފެށުމުގެ ގޮތުން ގިނަ ކްލަބްތަކަކުން މިވަގުތު މުހިންމު ޓްރާންސްފަރ ތަކެއް ކުރަމުން އެބަ ގެންދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް