ފްލެޓް ލިސްޓް: ބައެއް ނުކުޅެދޭ ކުދިންނަށް ދިން އަނިޔާއެއް!

Loading

Facebook
Twitter
WhatsApp
   ރައީސް ޔާމީންގެ ޒަޢާމަތުގައި އަޅާފައިވާ ހިޔާ މަޝްރޫޢުގެ 7000 ފްލެޓް ލިބޭ ކެޓެގަރީތަކުން އެއް ކެޓެގަރީ އަކީ ނުކުޅެދޭ ކުދިންގެ ކެޓެގެރީއެވެ. މިދިޔަ ދައުރުގައި ބައެއް ފަރާތްތަކަަށް ފްލެޓްގެ ލިޔުން ހަވާލުކޮށްފައި ވަނިކޮށް، މި ސަަރުކާރުން ވަނީ އެއަށް ބަދަލު ގެނެސް އަލުން ލިސްޓެއް އިއުލާން ކޮށްފައެވެ. މިކަމުގައި އެތައް ބަޔެއްގެ ޙައްޤުތައް ފޭރިގަނެފައި ވާކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، އޭގެން އެއް ކުއްޖެއްގެ ވާހަކަ އެކުއްޖާގެ ބައްޕަ ވަނީ ސޯޝަލް މީޑިޔާގައި ހާމަ ކޮށްފައެވެ.
     އޭނާގެ ބައްޕަ ބުނެފައި ވާގޮތުގައި އޭނާގެ ދަރިފުޅު އާނިސް އަކީ އުފެދުނީން ސުރެންވެސް ބޮޑެތި ސިއްޙީ މައްސަލަތަކެއް ހުންނަ، ނުކުޅެދޭ ކުދިންގެ ދަފްތަރުގައި ނަން އޮންނަ ކުއްޖެކެވެ. އަދި މިހާތަނަށް ބޮލާއި އަތްފައިގެ ބޮޑެތި ސާޖަރީތަކެއް ކުރެވިފައި ވާކަމަށާއި، އުމުރުން 7 އަހަރު ވީ އިރު އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
     އޭނާ އިތުރަށް ބުނި ގޮތުގައި އޭނައާއި، ކުއްޖާގެ މަންމައާއި، އާނިސް އާއި، އެމީހުންގެ އިތުރު ދަރިޔަކު އުޅެނީ އެއް ކޮޓަރިއެއްގައެވެ. އަދި އޭނާގެ އަންހެނުން އިތުރު ކުއްޖަކަށް ބަލިވެ އިންކަން ވެސް ވަނީ ހާމަ ކޮަށްފައެވެ.
    ”ފްލެޓް ހޯދަން އަހަން އަޅުގަނޑުމެން ދަންނަ އެއްވެސް ސިޔާސީ ބަޔަކު ނުފޫޒު ގަދަ ބަޔަކު ނުތިބޭ. އެކަމަކު ﷲ ގެ އިރާދަފުޅުން އެފަހަރު (2018) ޚާއްސަ އެހީއަށް ބޭނުން ވާ ކެޓަގަރީއިން އެންމެ މަތިން 90 ޕޮއިންޓް ލިބުނު“ ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ.
     ނަމަވެސް މިސަރުކާރުން ނެރުނު ލިސްޓުގައި 60 ޕޮއިންޓަށް ދަށް ކޮށްލައި ފްލެޓް ނުލިބޭ ގޮތަށް ނިންމާފައި ވާކަމަށާއި، ޕޮއިންޓް ކަނޑައިފައި އޮތީ ދިރިއުޅުމުގެ ހާލަތުން ކަން އޭނާ ފާހަގަ ކުރިއެވެ.
     އޭނާ ބުނި ގޮތުގައި ދިރިއުޅުމުގެ ހާލަތަށް އެއްވެސް ބަދަލެއް ނާދެއެވެ. ދިރިއުޅެނީ އެއިރުވެސް އުޅުނު ތަނުގައެވެ. ”ހާލަތަށް އައި ބަދަލަކީ ދަރިފުޅު އާނިސްގެ 1.5 މިލިއަން ރުފިޔާގެ އިތުރު ސާޖަރީއެއް ހަދަން ޖެހޭކަން“ އޭނާ ވަރަށް އަސަރާއި އެކު ލިޔެފައި ވެއެވެ.
    އޭނާވަނީ ދިރިއުޅުމުގެ ހާލަތު ބެލުމަށް މިނިސްޓަރ އަސްލަމަށާއި، ސަރުކާރުގެ އިސްވެރިންނަށް އަސަރާއިއެކު ދައުވަތު އަރުވައިފައެވެ.
”ދަރިފުޅުގެ  ބައްޕަގެ  ހައިސިއްޔަތުން  ދަންނަވަމެވެ.  ކުރީސަރުކާރުން  ”ސިޔާސީ“  މީހުންނާއި  ފްލެޓު  ހައްގު  ނުވާ  މީހުންނަށް  ފްލެޓު  ދީފައިވާނަމަ  އެތަންއެތަން  ނަގާށެވެ.  އެހެނަސް  އަޅުގަނޑުމެން  ފަދަ  މީހުން ލިސްޓުން  ކަޓުވައި، ފްލެޓުތައް  ނަގައިގަނެފައި،  ތިމަންނާމެން  ލިސްޓު  އިސްލާހު  ކުރީއޭ  ނުދަންނަވާށެވެ.  ތިއީ  އިސްލާހު  ކުރުމެއް  ނޫނެވެ.  ތިއީ  ފްލެޓުން  ވައްކަން  ކުރުމެވެ.  އެވެސް  އަދި  އާނިސްމެން  ފަދަ  ނުކުޅެދޭ  ކުދިންގެ  ހައްގުންނެވެ.  އަޅުގަނޑުމެން  ފަދަ  ނިކަމެތިންގެ  ހައްގުންނެވެ.“ އާނިސްގެ ބައްޕަ ވަރަށް އަސަރާއި އެކު ބުނެފައި ވެއެވެ.
     އާދޭހެވެ. މިއީ އިންސާފުގެ ދަތުރޭ ކިޔައިގެން ވެރިކަމަށް އައި ސަރުކާރެކެވެ. ނަމަވެސް މިފަދަ ވާހަކަތަށް އަަޑު އިވުމުން، އެއީ އިންސާފުގެ ދަތުރެއްތޯ، ނުވަތަ އަނިޔާގެ ދަތުރެއްތޯ ސުވާލު އުފެދެއެވެ.

Loading

One Response

  1. އިރާދަކުރެއްވިއްޔާ ތިމައްސަލަ ރައީސް ސޯލިހު ބައްލަވާނެއެވެ. ސޯލިޙު މީހަކަށް ވެރިކަން ޙަވާލުކުރީ ރައްޔަތުން ކޮންމެހެންވެސް އިންސާފުގެ ދަތުރަކަށެވެ. އުއްމީދު ކުޑަކޮށްނުލައްވާށެވެ. ހެޔޮރަޙުމަތެއް ލައްވާނެއެވެ. އިންޝާﷲ، އާމީން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް