ކޯވިޑް19: އިއްޔެ އިތުރު 140 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
news
   ރާއްޖެއިން ކޯވިޑް19 އަށް އިތުރު 140 މީހަކު ބައްޔަށް ފައްސިވެއްޖެއެވެ. އިއްޔެ 136 މީހަކު މާލެއިން ފައްސިވީއިރު، އަތޮޅުތެރެއިން ފައްސިވެފައިވަނީ 4 މީހެކެވެ.
     އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި 114 ދިވެހިން ހިމެނެއެވެ. އޭގެ އިތުރަށް ދެން ހިމެނެނީ ބަނގްޅަދޭޝްގެ 17 މީހަކާއި، އިންޑިޔާގެ 3 މީހަކާއި، ނޭޕާލްގެ 2 މީހަކާއި، އެމިރޭޓްސްގެ 2 މީހަކާއި، ކެންޔާގެ އެކަކު އަދި ފްރާންސްގެ އެކަކެވެ.
     އިއްޔެ ފައްސިވީ މީހުންނާއިއެކު، ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދުވަނީ 7469 އަށް އަރައިފައެވެ. މީގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި، 2568 ކޭހެއް ފާހަގަ ކުރެވޭ އިރު، 192 މީހަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.
      ކޭސްތައް މި ދުވެލީގައި އިތުރު ވަމުންދާނަމަ ދެވަނަ ފުރަބަންދަކަށް ދާން ޖެހިދާނެކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް