ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި ދެމީހަކަށް ދަޢުވާކޮށްފި!

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީގައި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާކޮށް، ޖިންސީ ގޯނާ ކުރި ދެމީހެއްގެ މައްޗަށް ދަޢުވާ ކޮށްފިއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ.

މި މައްސަލާގައި ދަޢުވާ ކުރަން ފޮނުވާފައިވަނީ ކ.މާލެ ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީ އަދި، ސ.ހިތަދޫ ޒަހާމަންޒިލް، އަލީ ޝިމާލް ޒުބައިރުގެ މައްޗަށް ކަމަށް ޕްރޮސެކިއުޓަރ ޖެެނެރަލް އޮފީހުން ބުނެއެވެ. މި މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

މި ދައުވާގައި މަޚުތޫމްގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ހަވާލާދީ، އެމާއްދާގެ (ނ)ގެ ދަށުން، ނުކުޅުދުންތެރިކަން ހުންނަ މީހަކާއި އެކު ޖިންސީ ޢަމަލު ހިންގުމުގެ ދަޢުވާ ކޮށްފައި ވާއިރު، މި ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ޝިމާޢުގެ މައްޗަށް ވެސް މި ދަޢުވާ އުފުލާފައި ވެެއެވެ. މީގެ އިތުރުން ބަނގުރާ ބުއިމުގެ ކުށުގެ ދައުވާވެސް ޝިމާއުގެ މައްޗަށް އުފުލާފައި ވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ޖިންސީ ކުށުގެ މައްސަލަތައް ގިނަވަމުން ދާއިރު، މިކަމަށް އެކަށީގެންވާ އިޖާބައެއް ސަރުކާރުން ނުދޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

މިނިސްޓަރ ސިދާތާ ވަޒީފާއިން ވަކިކުރަން އެމްޑީޕީ އިން ބާރުއަޅަމްން އޭރުގެންދިޔައީ އެކަމަނާގެ ވަޒީފާގެ ޒިންމާ ފުރިހަމަގޮތުގައި އަދާ ނުކުރެވޭތީ ޖިންސީގޯނާގެ މައްސަލަތަށް އިތުރުވެފައިވާކަމުގައެވެ. އަދި އެޕްރެޝަރުގައި ސިދާތާވަނި އިސްތިޢުފާ ދެއްވައިފައެވެ. ނަމަވެސް ސިދާތާ އިސްތިޢުފާދެއްވުމަކުން ރޭޕުކޭސްތަކާއި ޖިންސީގޯނާގެ ކޭސްތަށް މަދުވެ އެއްެސް ހެޔޮބަދަލެއް ނާދެއެވެ. އެހެނަސް ސިދާތާ ބޭރުކުރަން ބޭނުންވި ފަރާތްތަކަށް އެކަމުގަައި ވަނީ ކާމިޔާބު ލިބިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް