ކޯވިޑް19: އިއްޔެ އިތުރު 89 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

 

އިއްޔެ ރާއްޖެއިން ކޯވިޑް19 އަށް އިތުރު 89 މީހަކު ފައްސިވެއްޖެއެެވެ. އޭގެ ތެރެއިން 1 ވޭދަނަ އަތޮޅު ތެރެއިން ފެނިފައި ވާއިރު، ގްރޭޓރ މާލެ ސަރަހައްދުން ވަނީ، 88 ވޭދަނަ ފެނިފައެވެ.
      އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 63 ދިވެހިންނެވެ. އޭގެ އިތުރުން ދެން ހިމެނެނީ، ބަނގްޅަދޭޝްގެ 20 މީހަކާއި، އިންޑިޔާގެ 5 މީހަކާއި، ސްރީލަންކާގެ އެކަކެެވެ.
      އިއްޔެ އަލަށް ފެނުނު ވޭދަނަތަކާއި އެކު، ރާއްޖެއިން ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ، 7667 އަށް އަރައިފައެވެ. އަދީ މީގެ ތެރެއިން މިވަގުތު 2597 މީހަކު ބަލި ތަހައްމަލު ކުރަމުން ދާއިރު، 5036 މީހަކު ވަނީ ބަލިން މުޅިން ރަނގަޅު ވެފައެވެ.
       ރާއްޖޭގައި މިބަލީގައި 181 މީހަކަށް ދަނީ އެޑްމިޓް ކޮަށްގެން ފަރުވާ ދެމުންނެވެ. އަދި މިބަލީގައި މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް