ކަރަންޓީންވުމަށް ދެކޮޅު ހަދައިފިނަމަ ޖޫރިމަނާ ކުރަނީ!

Loading

Facebook
Twitter
WhatsApp

ކަރަންޓީނު ކޮށްގެން ނުވަތަ އެފަދަ މަރުކަޒެއްގައި އެކަހެރި ކޮށްގެން ފަރުވާދޭން ހުރަސްއަޅާ ފަރާތްތަށް ޖޫރިމަނާ ކުރާ ގޮތަށް ހަމަޖައްސައިފިއެވެ. މިހެން ނިންމާފައިވަނީ ކަރަންޓީން ކުރުމާއި ބެހޭ ޤަވާއިދަށް ގެނެވުނު އިސްލާހުތަކެއްގެ ތެރެއިންނެވެ.

މިޤަވާއިދުގައި ވާގޮތުން ކަރަންޓީނުވެގެން ފަރުވާ ހޯދަން ދެކޮޅުހެދުން، ނުވަތަ އެފަދަ މަރުކަޒެއް ހިންގަން ދެކޮޅު ހެދުމަކީ ކުށެކެވެ. އަދި އެފަދަ ފަރާތްތަށް ގިނަވެގެން 5000ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ފުރަތަމަ ފަހަރު ޤަވާއިދާ ޚިލާފް ވެއްޖެނަމަ ޖޫރިމަނާ ކުރެވޭނީ 2500 ރުފިޔާއިންނެވެ. ދެވަނަ ފަހަރަށް ކުރެވޭނީ 3500 ރުފިޔާ އިންނެވެ. އެއަށް ފަހު ޚިލާފްވާ ކޮންމެ ފަހަަރަކު 5000ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މި ޤަވާއިދުގައި ވާގޮތުން ކަރަންޓީނު ކުރާނެ މަރުކަޒެއް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީން ވާން ނުވަތަ އެކަހެރިވާން އެންގުމުން އެކަމަށް އެއްބާރުލުން ދޭން ޖެހޭނެއެވެ.

ކޮވިޑާއި ގުޅިގެން މިފަދަ ގިނަ ޤަވާއިދުތަކެއް ދަނީ ސަރުކާރުން އެކުލަވާލަމުންނެވެ. އެގޮތުން މަނާ ގަޑީގައި ބޭރުގައި އުޅޭ ފަރާތްތަކާއި، މާސްކް ނާޅާ ފަރާތްތަށް ވެސް ދަނީ ފުލުހުން މެދުވެރިކޮށް ޖޫރިމަނާ ކުރަމުންނެވެ.

Loading

One Response

  1. ޖޫރުމާނާ ކޮށް ގެން ރައްޔިތުންގެ ޖީބު ހުސްކުރަން ހެޔޮނުވާނެ! ހާދަ ހާލެއްގައި ރައްޔިތުމީހާ ދިރި އުޅެނީ. ޖުރުމާނާ ނޫން ގޮތެއް ނެތްތަ؟ ކޭމްޕޭން ދުވަސް އަޑުއަހާ ވާހަކަ އެއް ނޫން މީކީ!. އެ ދުވަސް ވަރު ކިޔަނީ ރައްޔިތުމީހާ އަށް ހުރިހާ ކަމެއް ވާނޭ. ހުހާ ނަފާ އެއް އޮތީ ރައްޔިތު މީހާގެ ޖީބުގައި ކަމަށް! ކިހިނެތްބާ މިވަނީ!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް