ތިޔަފެނުނީ ކުޑަ މަންޒަރެއް، އަދި ބޮޑު މަންޒަރު ކުރިއަށް އޮތީ -– ޑރ. ވަޙީދު

Loading

Facebook
Twitter
WhatsApp

ހުކުރު ދުވަހު ތިޔަފެނުނީ ކުޑަމަންޒަރެއްކަމާއި އަދި ބޮޑު މަންޒަރު ކުރިއަށް އޮތީކަމަށް ޕީޕީއެމް ޕީއެންސީގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިގޮތަށް ވިދާޅުވީ އިއްޔެ ޕޮލިސްއަށް ޙާޒިރުކުރެއްވުމަށްފަހު އެތަނުން ބޭރަށްނިކުމެވަޑައިގަތުމުން ރިޕޯޓަރުންކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު އެޗްޕީއޭގެ އެންގުމާއި ޚިލާފުވެފައިވަނީ އެމަނިކުފާނު ނޫންކަމާއި އެކަން ފާޅުބޮޑުގޮތެއްގައި އެޗްޕީއޭ އާއި ސަރުކާރަށް ގޮންޖަހައި ކުރެއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔަތުންގެ މަޖިލިސްގެ ރައިސް ނަޝީދުއާއި އޭނާގެ ބައިވެރީންކަމުގައެވެ. ނަމަވެސް ރައީސް ސޯލިހަށް ގޮތްހުސްވަމުން ދިއަވަރަކަށް އެމަނިކުފާނުގެ ދުރުމިއަށް މިއަރަނި އިދިކޮޅުކޯލިޝަންގެ އިސްވެރިންކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ނާގާބިލުކަމުން ހުރިހާކަމެއް ރައީސް ސޯލިޙުގެ އަތުންބޮއްސުން ލައިގެން ދިއުމުން މިފަދަ ޢަމަލުތަކަކީ ރައްޔަތުންގެ ލޮލުގައި އަނދުން އަޅުއްވަން ކުރައްވާ މަސައްކަތެއްކަމަށެވެ.

އިތުރަށް ވިދާޅުވީ ގިނަ ރައްޔަތުންނަށް ވެސް އެނގޭނޭފަދައިން އެމަނިކުފާނަކީ އަބަދުވެސް މާސްކު އަޅުއްވައިގެން ނޫންގޮތަކަށް މަގުމަށްޗަށްވެސް ނިކުމެ އުޅުއްވާ ބޭފުޅެއް ނޫންކަމަށާއި އެޗްޕީއޭގެ ގައިޑުލައިންއަށް އަބަދުވެސް ކަމޭހިއްތަވާކަމުގައެވެ. ހުކުރުދުވަހުގެ ސައިކަލްބުރު ނިންމާލުމުން އެބުރުގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަ ދެއްކެވި ވަގުތު މާސް ނެންގެވީ ނޭވާހާސްވާގޮތްވާތީ ކަމުގައެވެ.މިހާރުވެގެން މިއުޅޭގޮތަކީ ރައީސް ސޯލިޙުގެ އަތްޕުޅުން މަޖިލީސްގެ ރައީސް ނަޝީދު ސަރުކާރު ހިންގެވުމުގެ ބާރުތައްނަންގަވައިގެން އުޅުއްވާތީ އެދެބޭފުޅުންގެ ކޯޅުންގަނޑު ފަލަޝުރުޚީއަށް އެރިޔަނުދެއްވަންވެގެން ކުރަށްވާ މަސައްކަތް ސިފަކުރެއްވިއެވެ. އެގޮތުން އިދިކޮޅުފަރާތްތަށް ބިރުދައްކަވަން ކުރައްވާ މަސައްކަތެއް،ކަމުގައިވެސް ސިފަަކުރެއްވިއެވެ.

ރައިސް ވަހީދު ވިދާޅުވީ ފުލުހަށްވެސް ގެންދެވިދާނެކަމަށާއި މިކަންކަމުން ސަރުކާރުގެ ނާގާބިލުކަން ހާމަވަމުންދާކަމަށެވެ. އެމަނިކުފާނު ފާހަގަ ކުރެއްވިގޮތުގައި ރައްޔަތުންނާއިއެކު ނިކުމެވަޑައިގަތީ ޒުވާނުންނާއި މަސައްކަތްތެރިންނަށް އިދިކޮޅު ސިޔާސީ ލީޑަރު ރައިސް ޔާމީނު ގެނެސްދެއްވި ފާގަތިކަމާއި ކުރިއެރުން ހީނަރުވެ އެފަރާތްތަކުގެ ޙައްގުތަށް ގެއްލިދާތީ އެކަމާދެކޮޅަށް އަޑު އުފުލުމަށްކަމަށް. އަދި އިދިކޮޅުކޯލިޝަންގައި މިވަގުތު އިސްވެ މަސައްކަތްކުރައްވަނީ އެފަރާތްތަކުގެ ޙައްގުތަށް އަނބުރާ ހޯއްދަވައިދެއްވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނުކަން ތަޖުރި ބާކޮށްފި ކަމުގައިވާތީ ކަމަށެވެ. ސައިކަލް ބުރާއި ގުޅިގެން ޕީޕީއެމް ޕީއެންސީގެ ކުރީސަފުގައި ތައްބަވާ ގިނަ ލީޑަރުންނަށްވެސް ވަނީ ފުލުހަށް ޙާޒިރުވުމަށް ޗިޓްލިބިފައިކަމުގައި ބުނެއެވެ.

 

 

Loading

One Response

  1. ކުރީގެ ރައިސް ޑރ. ވަހީދު ބެސްޓް. ރީންދޫ ހުންޖެހިގެން އާރޓިފިޝަލް ބިޗް އަހަރަކަށްދާންދެން ކާޅު ކަތިލާ ކާޅުލޭ އަޅައިގެން ބޮޑިބަތްކާންދީ މަތުރާ ހެދިއިރުވެސް އަޅާވެސް ނުލި. ވެރިކަން ބީވުމުން ހިނދުކޮޅުއައިސްގެން މަގުމަތީ ސަކަރާތްޖަހާކަށް ނޫޅޭ. މުޅިދުނިޔެ ގަބޫލުކުރި ލީޑަރެއް. މިހާރު ދިވެހިންނަށް އެއްޗެއް ވިސްނިދާނެ ތޯއްޗެކެވެ. މަ ދެން ހަމަ ރައީސް ވަހީދަށް ތާއިދުކުރާނީ. ޕީޕީއެމް ގަދަވެ ކުރިއަށްޖެހިލާނެ ރައީސް ވަހީދާއެކު. ރައިސް ޔާމީނުގެ ރުހުންވެސް ގައިމުވެސް އަދުރޭއާއި ޢުމަރަށްވުރެ ނޫނީ ޖަމީލޫނޫނީ ގައްސާނަށްވުރެ ބޮޑުވާނީ ޑރ. ވަހީދަށް ކަމަށް ގެނެއެވެ. އެހެނީ މިއީ 21 ގަރުނުކަމަށްވުމުން ދިވެހިރާއްޖެވެސް ދެން ހިންގޭނީ މުޅިދުނިޔެއާއި ލާމެހިގެން ކަމަށް ވާތީއެވެ. ނޫންތާ؟ ޚިޔާލަކީ ތަފާތުއެއްޗެއްމެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް