އިންތިޚާބުތަކާ ދިމާކޮށް މަޝްރޫއުއެއް ނުހިންގަން: ރައީސް

އެމަނިކުފާނަކީ އިންތިޚާބުތަކާ ދިމާކޮށް ކަންކަން ކުރައްވާ ބޭފުޅެއް ނޫންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިރިލަންދޫ އައު އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ މީގެ ކުރިން ސަރުކާރުތަކުން ކަންތައްތައް ކުރަނީ އިންތިޚާބުތަކާ ދިމާކޮށް ކަމަށާއި އެއީ ރިޔާސީ އިންތިޚާބު ކަމަށްވިޔަސް އެ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާ ދިމަދިމާއަށް ކުރަންޖެހޭ ކަންތައްތައް ކޮށްފައިވާ ކަމަށެވެ. އޭގެ ނަތީޖާއަކީ ރާއްޖެއަށް ލިބޭ އާމްދަނީއާ އަޅާބަލާއިރުގައި […]
މާލޭ ސިޓީ ކައުންސިލުގެ ރައްޔިތުންގެ ބައްދަލުވުން މިރޭ

މާލޭ ސިޓީ ކައުންސިލުގެ ރައްޔިތުންގެ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 110 ވަނަ މާއްދާގައި ވަނީ ކޮންމެ އަހަރު ވެސް ރައްޔިތުންގެ ބައްދަލުވުން ބާއްވަން ކައުންސިލުތަކުގެ މައްޗަށް ލާޒިމްކުރާ ކަމަށެވެ. އެ ގޮތުން މި އަހަރުގެ ފުރަތަމަ ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. ”މި ބައްދަލުވުން ކުލަގަދަ ވާނީ އެ […]
އިދިކޮޅު ކޯލިޝަނުން ސަލަފުގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕުން މިއަދު ޖަމްޢިއްޔަތުއްސަލަފުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ. ޖަމްޢިއްޔަތުއްސަލަފުން ކުރި ޓުވީޓެއްގައި ބުނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން އެދިލެއްވި އެދިލެއްވުމަކަށް އެ ކޯލިޝަންގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ ސަލަފު ޖަމްޢިއްޔާގެ އޮފީހުގައެވެ. ޕީޕީއެމްއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމަކީ އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޚާބާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ. ރިޔާސީ އިންތިޚާބާގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފުރުސަތު ދެއްވި […]
މަޖިލީހުގައި ކުރިއަށްދާ ބަހުސެއްގައި ދުވަހަކު ވެސް ބައިވެރިވެފައެއް ނޯންނާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް, މެންބަރުން އެކި މައްސަލަތަކަށް ބަހުސް ކުރައްވާއިރު އެކަން ހުއްޓުވައި ނަޝީދު ވާހަކަ ދައްކަވައި ޚިޔާލު ފާޅުކުރައްވާތީ މެންބަރުން ގެންދަވަނީ ތަކުރާރުކޮށް އެކަން ފާހަގަކުރައްވަމުންނެވެ. އަދި އެއީ މަޖިލީހުގެ ގަވާއިދުގެ ދެވަނަ މާއްދާއާ ޚިލާފުކަމެއްކަން […]
އެމްއެމްޕީއާރުސީގެ ޚިޔާނާތް: މޭޖަރ ނަވީންގެ މައްޗަށް 6 ދައުވާއެއް ކުރަން ފޮނުވައިފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން އެމްއެންޑީއެފްގެ މޭޖަރ އިބްރާހިމް ނަވީން ޒުބައިރުގެ އެކައުންޓަށް 100,000 އެމެރިކާ ޑޮލަރު ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ. މި މައްސަލައިގައި އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި, ރިޝްވަތު ލިބިގަތުމަށް އެދުމާއި, ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި, މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް […]
ޒިޔަދަމްގެ މަރު: ޝަނޫން މެރުމަށް, ސިފާމް އުމުރަށް ޖަލަށްލުމަށް ހުކުމް އިއްވައިފި

ލ.މުންޑޫ ނޫވިލު, ޢަލީ ޒިޔަދަމް މަރައިލި މައްސަލައިގައި މުޙައްމަދު ޝަނޫން މެރުމަށް އަދި ޢަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރައްވައިފިއެވެ. މުންޑޫ ވަގުތީ ހިޔާ ކައިރިން ހިނގާފައި ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ ޒިޔަދަމް މަރައިލީ މީގެ 07 އަހަރު ކުރިންނެވެ. މި މައްސަލައިގައި ދައުވާ އުފުލީ މުންޑޫ ހީނާވިލާ, މުޙައްމަދު ޝަނޫންއާއި އެ ރަށު ބީޗުވިލާ ޢަލީ ސިފާމްގެ މައްޗަށެވެ. އެ ދެ މީހުން ދައުވާއަށް އިންކާރު ކުރި ނަމަވެސް މިދިޔަ […]
ރައީސަކީ ކޮން ބޭފުޅެއްކަން ޔަގީން ކުުރުމަށް އިދިކޮޅުން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމާ ދެ ބޭފުޅުންގެ ތެރެއިން މިހާރު ގާނޫނީ ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން ޔަގީން ކުުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރައީސް ޞާލިޙް ސިންގަޕޫރަށް ވަޑައިގެން އޮޕަރޭޝަނެއް ކުރެއްވި ވަގުތުގައި ނައިބު ރައީސް ފައިޞަލް ވަނީ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވަން ރައީސްކަމުގެ ހުވާ ކުރައްވައިފައެވެ. އެ އަހަރުގެ ފެބްރުއަރީ 25 […]
ދިވެއްސެއްގެ މަސްލަހަތު ނެތްނަމަ ޑްރަގް އެެތެރެކުރާ ބިދޭސީންގެ މައްސަލަ ބެލުމުގެ ބޭނުމެއް ނެތް: ޕީޖީ

ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެެތެރެކުރާ މައްސަލަތަކުގައި ދިވެއްސެއްގެ މަސްލަހަތު ނެތްނަމަ, އެ މައްސަލަ ބަލައި ތަހްގީގު ކުރުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ. ޕީޖީ މިހެން ވިދާޅުވީ މި މަހުގެ ހަވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް 2.5 ކިލޯގެ ”ކޮކެއިން“ އެތެރެކުރަން އުޅުނު ބްރެޒިލްގެ އަންހެނަކު ވަގުތުން އަނބުރާ ފޮނުވައިލި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި […]
ވެންޓިލޭޓަރުތައް “ދިރުވައިލި“ މައްސަލަ: ޝަމީމް ވިދާޅުވަނީ މި ހަފުތާގައި ގޮތް ނިންމަވާނެކަމަށް

ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރުމާމެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ. 75 ވެންޓިލޭޓަރު ގަންނަން 34 މިލިއަން ރުފިޔާ ސަރުކާރުން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކުރި ނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ނުލިބުނު ތަނުގައި ފައިސާ ވެސް އަނބުރާ ދީފައެއް ނުވެއެވެ. މި މައްސަލައިގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް […]
އަޒްލީނާ ގާތިލް މަރުވެފައި އޮއްވާ ފެނިއްޖެ

ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ސެކްރެޓަރީއަކަށް އުޅުނު ގއ.މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސްގެ ޤާތިލު ޢަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ޒުހައިރު ފެނުނީ އޭނާ ދިރިއުޅެމުން އަންނަ ކ.ދިއްފުށީގެ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި މަރުވެފައި އޮއްވައެވެ. އެއީ މިއަދު 11:30 ހާއިރުއެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ. ހދ.ކުޅުދުށްފުށްޓަށް ނިސްބަތްވާ ޒުހައިރު މައްޗަށް އަޒްލީނާ މަރައިލުމުގެ ކުށް ސާބިތުވެ 25 އަަހަރަށް އޭނާ ޖަލަށްލުމަށް ހުކުމްކުރީ 2002 ވަނަ އަހަރުގައެވެ. […]