ރައީސް ޔާމީނަށް ހުކުމް ކުރެއްވި ޝަކީލު ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން ނިންމައިފި

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވެވި ފަނޑިޔާރު އަޙްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމައިފިއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަން ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމީ އިއްޔެ ބޭއްވި ކޮމިޝަންގެ 19 ވަނަ ބައްދަލުވުމުގައެވެ. ޝަކީލް މިވަގުތު ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ.  ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާކަމަށް ނިންމަވައި އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް މިދިޔަ ޑިސެމްބަރު […]

ހަށިވިއްކުމުގެ ތުހުމަތުގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރުކޮށްފި

ހަށިވިއްކުމުގެ ތުހުމަތުގައި ފުވައްމުލަކުން އިއްޔެ ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން އިދާރާއިން މިއަދު ވިދާޅުވީ ފުވައްމުލަކުގައި ހިންގަމުންދާ ސްޕާއެއްގައި ހަށިވިއްކަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައި ފާަސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ހައްޔަރުކުރީ ތައިލެންޑަށް ނިސްބަތްވާ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނަކާއި 31 […]

ޑރ.މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

އަންނަ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު ނިންމަވައިފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޑރ.މުނައްވަރު ހާމަކުރެއްވީ މިއަދުއެވެ. އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ 2023 ކުރިއަށްލުމަށްފަހު އޭނާގެ ނަން ޖައްސަވައިފައެވެ. ކެމްޕޭން ލޯގޯއަކަށް ބޭނުންކުރައްވަނީ “ދޮންދީނި“ އެވެ. އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޑރ.މުނައްވަރު ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. ޑރ.މުނައްވަރު މިހާރު ވަނީ ކެމްޕޭން މަރުކަޒެއް ވެސް ހުޅުއްވައިފައެވެ. އެމްޑީޕީގެ ރައީސްކަން ކުރެއްވި […]

ސީޝިއާ ރެސްޓޯރަންޓްގެ މުއްދަތު އިތުރުކުރީ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން: ސިޓީ ކައުންސިލް

ވިލިމާލޭގައި ހިންގަމުންދާ ސީޝިއާ ރެސްޓޯރަންޓުގެ އިތުރުކުރީ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ. މާލެ ސިޓީ ކައުންސިލުން މިހެން ބުނީ ސީޝިއާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު އިތުރުކޮށްފައިވަނީ އިއުލާނުކޮށްގެން ބިޑުކުރެވިގެން ނޫން ކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީ ވިދާޅުވުމުންނެވެ.  މާލޭ ސިޓީ ކައުންސިލުން ބުނީ ސީޝިއާ ރެސްޓޯރަންޓްގެ މުއްދަތު އިތުކޮށްދީފައިވަނީ ދެފަރާތުގެ މެދުގައިވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ކަންކަމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން ކަމަށެވެ. އެ ގޮތުން […]

ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދީފައިވަނީ އުސޫލުތަކާ އެއްގޮތަށް: ސިޓީ ކައުންސިލް

ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދީފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ. މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި މި އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި އާންމު ރައްޔިތަކު ވަނީ ރެޑްވޭވަށް ވިލިމާލެއިން ބިމެއް ދީފައިވޭތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރެޑްވޭވަށް ބިން ދިނީ ކޮމާޝަލް ޑިވެލޮޕްމަންޓް މަޝްރޫއުއެއް ހިންގަން ހުޅުވައިލެވުނު ފުރުސަތުގެތެރެއިން ކަމަށާއި އެއީ އާންމުކޮށް އިއުލާނު ކުރެވިގެން […]

ޚާރިޖީ ސިޔާސަތު ގާއިމުކުރުމުގެ އަމިއްލަ ބާރުވެރިކަން ގެއްލިއްޖެ: ނާޒިމް

ޚާރިޖީ ސިޔާސަތުން މިއަދު އެއްވެސް ވަރެއްގެ މިނިވަންކަމެއް ނެތް ކަމަށާއި ޚާރިޖީ ސިޔާސަތު ގާއިމުކުރުމުގެ ބާރުވެރިކަމެއް ރާއްޖެއަށް ނެތް ކަމަށް އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ”ނާޒިމް ބުނަނީ ކީކޭ؟“ މި ނަމުގައި އެމްއެންޕީއިން ބޭއްވި ކްލަބް ހައުސް އިވެންޓެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. “އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުން މިއަދު އެއްވެސްވަރެއްގެ މިނިވަންކަމެއް މިއަދު އަޅުގަނޑުމެންގެ […]

ވިލިމާލޭގައި ގިނަ މަޝްރޫއުތަކެއް ހިންގަނީ: މޭޔަރު ވިދާޅުވަނީ ވައުދެއްވެއްޖެނަމަ އެ ވައުދެއް ފުއްދާނެކަމަށް

ވިލިމާލޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ގާނޫނުން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލުގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުން ރޭ ވަނީ ބާއްވައިފައެވެ. ގިނަ އަދަދެއްގެ ރައްޔިތުންނާއެކު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި މި ބައްދަލުވުމުގައި މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ ގިނަ މަސައްކަތްތައް މި އަހަރުތެރޭ ނިންމައިލެވޭނެ ކަމަށެވެ. އެ ގޮތުން […]

ނިޒާމަށް ދައުވާކުރަން ފޮނުވައިފި: ލިޓޮން މަރައިލީ މޫދަށް ވައްޓާލައިގެން

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓޮން (35އ) މަރައިލިކަމުގެ ތުހުމަތުގައި, ގދ.ތިނަދޫ/މަނާރު, މުޙައްމަދު ނިޒާމް (45 އ) ގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ 28 ޑިސެންބަރު 2022 ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ ”ހެދޭކުރި“ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ލިޓޮންއާއި ނިޒާމް ”ހެދޭކުރި“ ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު އޭގެ ފަހުން ލިޓޮންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި […]

މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހަދައިދޭ އަގު ބޮޑުކޮށްފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު ބަދަލުވެގެން އާ ކާޑެއް ހަދައިދޭ އަގަށް ބަދަލު ގެނެސްފިއެވެ. މައުލޫމާތު ބަދަލުވެގެން ހައްދާ ކާޑުގެ އަގަށް މީގެ ކުރިން  ނަގަމުން އައީ 50 ރުފިޔާއެވެ. ނަމަވެސް މައުލޫމާތު ބަދަލުވެގެން ހައްދާ ކާޑުގެ އަގަށް މީގެފަހުން ނަގާނެ އަގަކީ 150 ރުފިޔާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ބުނެފައެވެ. މިހާރު އަލަށް ކާޑު ހައްދައިދެނީ 50 ރުފިޔާއަށެވެ. ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ފޮޓޯ ނުވަތަ ސޮއި ބަދަލު […]

އައްޑޫ މީހަކު ގެއްލިގެން ހޯދަމުން އަންނަތާ 15 ދުވަސް

އައްޑޫ މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ހޯދަމުން އަންނަނީ ‏ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ) އެވެ. ފުލުހުން ވިދާޅުވީ އޭނާއަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން އާއިލާއަށް ޚަބަރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށް އޭނާގެ އާއިލާއިން މައުލޫމާތު […]