ރައީސް ޔާމީނަށް ހުކުމް ކުރެއްވި ޝަކީލު ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވެވި ފަނޑިޔާރު އަޙްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަން ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމީ އިއްޔެ ބޭއްވި ކޮމިޝަންގެ 19 ވަނަ ބައްދަލުވުމުގައެވެ.

ޝަކީލް މިވަގުތު ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ. 

ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާކަމަށް ނިންމަވައި އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް މިދިޔަ ޑިސެމްބަރު 25 ގައި ހުކުމް އިއްވެވީ ޝަކީލެވެ.

ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު އައްޔަން ކުރުމަށާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު އައްޔަން ކުރުމަށް ވެސް ނިންމައިފައެވެ.

އަލަށް އައްޔަން ކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވައި ކުރެއްވުމަށް ހަމަޖެހިފައި ވަނީ 2023 މާރިޗު 13 ވާ ހޯމަ ދުވަހުއެވެ.

Loading

One Response

  1. ﷲގެ ރަހުމަތް ފުޅުން ތިބަލާމުސީބާތުން މިގައުމު މިންޖުކުރައްވާށި އާމީން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް