ޗައިނާއާއި ރަޝިޔާ އަދި އުތުރުކޮރެއާއާއި އީރާނުން އެކްސިސް އޮފް އެގްރެސަރސް އުފެއްދުން

Loading

Facebook
Twitter
WhatsApp

ރަޝިޔާއާއި ޗައިނާ އަދި އުތުރު ކޮރެއާއާއި އީރާނަކީ މިލިޓްރީ ގޮތުންނާއި އިގްތިސާދީގޮތުން އަދި ސައިބަރ އާއި ޓެކްނޯލޮޖީގެ ރޮނގުންވެސް ވަނީ ވަރުގަދަ އެއްބައިވަންތަ ގުޅުމެއް ގާއިމްކޮށްފައެވެ. އަދި މި ގުޅުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ވަރަށްބޮޑު ނުރައްކަލެއްވެސް މެއެވެ.


އެ ހަތަރު ގައުމުން ހަރަކާތްތެރިވަމުންގެންދަނީ ދިފާއީ އެއްބަސްވުމެއްނެތި ހަމައެކަނި ސްޓްރާޓިޖީ ގޮތުން ވަރުގަދަ ގުޅުމެއް ގާއިމްކޮށްފައިވާ ބްލޮކެއްގެ ގޮތުގައެވެ. މުސްތަގްބަލްގައި އެއްފަހަރާ އެތައްދިމާލަކުން އަންނަ ހަމަލާތަކަށް އެމެރިކާ ހުށަހޮޅިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ނިއު ފައުންޑޭޝަން ފޯރ ޑިފެންސް އޮފް ޑިމޮކްރެސީސްގެ އެކްސިސް އޮފް އެގްރެސާރސްގައި އިންޒާރު ދީފައިވެއެވެ.
އެކްސިސް އޮފް އެގްރެސާރސްގައި ބަޔާންކޮށްފައިވާގޮތުން އެ ހަތަރު ގައުމުން ހަރަކާތްތެރިވަމުން ގެންދަނީ ނޭޓޯގެ ވައްޓަފާޅިއާ އެއްގޮތަށް ގުޅިފައިވާކޮމާންޑެއްގެ ދަށަކުން ނޫނެވެ. އެ ހަތަރު ގައުމުގެ ގުޅިފައިވާ އެއްބައިވަންތަކަމުގެ ބިންގަލަކީ އުފެދިފައިވާ އިތުބާރެވެ.
އުތުރު ކޮރެއާގެ ހަތިޔާރާއި ސިފައިން އަދި އީރާނުގެ ޑްރޯންއާއިތަޖްރިބާ އަދި މޮސްކޯއަށް ލިބިލިބި ހުންނަ ޗައިނާގެ އިގްތިސާދީ އެއްބާރުލުމާއި ޓެކްނޯލޮޖީގެ ސަޕޯރޓަކީ އެ ގައުމުތަކު މެދުގައި އުފެދިފައިވާ ވަރަށް ފުރިހަމަ އެކުވެރިކަމުގެ ނަތީޖާކަމުގައި ރިޓަޔަރޑް ރެއަރ އެޑްމިރަލް މާރކް މޮންޓްގޯމެރީ ބުނެފައިވެއެވެ.
ރަޝިޔާގެ އިގްތިސާދުވެއްޓިފައިވާ އަޑިގަނޑުން ސަލާމަތްކުރުމުގައި ޗައިނާއިން އެއްވެސް ހިފޭއްޓުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންދާއިރު އަހަރެމެންނަށް ފެންނަމުން މިދާ ބެލިސްޓިކް މިސައިލްއާއި ކުރޫޒް މިސައިލް އަދި ހައިޕަރސޯނިކް މިސައިލް އުފެއްދުމަށްބޭނުންކުރާ މައިކްރޯ-އިލެކްޓްރޯނިކްސްގެ ވަސީލަތްތައްވެސް ގެންދަނީ ފޯރުކޮށް ދެމުންނެވެ.
ރިޓަޔަރޑް ރެއަރ އެޑްމިރަލް މާރކް މޮންޓްގޯމެރީގެ ދިރާސާގައި 2019 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 2025 ޑިސެމްބަރ 31 ވަނަދުވަހުގެ ނިޔަލަށް އެ ހަތަރު ގައުމުން ހަތިޔާރު އުފެއްދުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި މިލިޓްރީ ތަމްރީނުތަކާއި އިންޓެލިޖެންސް ހިއްސާކުރުމާއި ހަތިޔާރު ފޯރުކޮށްދިނުމާއި އަދި މިލިޓްރީ އެކްސްޗޭންޖްގެ މައްޗަށް ވަރަށް ފުރިހަމައަށް އަލިއަޅުވާލާފައިވެއެވެ. އެކްސިސް އޮފް އެގްރެސާރސްގައި ހިމެނޭ ހަމައެކަނި 2 ގައުމަކާވެސް އެމެރިކާއިން ކުރިމަތި ލެވިދާނެކަމަށް ނުބެލެވޭނެއެވެ. ހަތަރުގައުމާދެކޮޅަށް އެމެރިކާއިން ކުރެވިދާނެ އެއްވެސް ކަމެއް ނޯންނާނެއެވެ.
މިސާލަކަށް ޗައިނާއާއި ތައިވާންގެ ދެކޮޅުވެރިކަމެއްގައި ދެކުނު ކޮރެއާއިން އެމެރިކާއާދެކޮޅަށް ކޮންމެވެސް ސިފައެއްގައި ބައިވެރިވުމަށް އުތުރު ކޮރެއާއިން މަޖުބޫރު ކުރުވާނެއެވެ. އަދި ނޭޓޯ އިން ރަޝިޔާއާ ދެކޮޅަށް ނިކުމެއްޖެނަމަ އީރާނުން ރަޝިޔާއާއި ގުޅޭނެއެވެ. ޗައިނާ އޮންނާނީ އެ ގައުމުތަކާއެކުގައެވެ. މިހާރުވެސް އެ ގައުމުތަކުގެ މެދުގައި ސިފައިންނާއި ހަތިޔާރު އަދި ޓެކްނޯލޮޖީ ބަދަލުކުރަމުންދާކަން އެއީ ނުފޮރުވޭނެ ހަގީގަތެކެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އީރާނަށް ލިބޭ ގެއްލުން ޗައިނާގެ އެޙީގައި ކުރިއަށްވުރެން މޮޅަށް ގާއިމް ކުރާނެއެވެ. ޔޫކްރެއިނާއި އިރާނުގެ ހަނގުރާމައިގާވެސް ހަގީގަތުގައި އެންމެ ބޮޑު ފައިދާއެއް ކުރާ ގައުމަކީ ޗައިނާއާއި ރަޝިޔާއެވެ.
ލިއުންތެރިޔާ އާރތަރ އެލައިން ޑެޒެސްކީގެ ނަޒަރުގައި އެކްސިސް އޮފް އެގްރެސާރސް ގައުމުތަކުގެ އިގްތިސާދަކީ ރެނދުލާފައިހުރި އެއްބައިވަންތަކަމެކެވެ. މި ހަތަރު ގައުމުގެ އެއްބައިވަންތަކަން އެންމެ ބޮޑަށްބިނާވެފައިއޮތި އިތުބާރަށްވުރެން ބޮޑަށް މުހުތާޖުގެ މައްޗަށެވެ.
ޑްރޯން ބޭނުންކޮށްގެން ކުރާހަނގުރާމައިން އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހާމަކޮށްދޭކަމަށާއި އީރާނުން ޑްރޯން އުފެއްދުމުގައި ޗައިނާގެ ސްޕެއަރ ބޭނުންކުރާ ކަމަށާއި އަދި ޑްރޯން އުފެއްދުމަށްފަހު ރަޝިޔާއަށްވެސް ފޯރުކޮށްދޭކަމަށް ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސް މަގާމެއްގައި މަސައްކަތް ކޮށްފައިވާ އަދި މިހާރު ވަންޑެންބާރގް ކޯލިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ ކެރީ ފިލިޕެއްޓީ ފޮކްސް ނިއުސް ޑިޖިޓަލްއަށް ކިޔާދީފައިވެއެވެ. އަދި ޗައިނާއާއި އީރާނުގެ ގުޅުމުގެ ސަބަބުން އެމެރިކާއަށްވެސް ނުރައްކަލާ ކުރިމަތިލާންޖެހޭކަމަށްވެސް އެކަމަނާ ބުނެފައިވެއެވެ. އެކަމަށް ދަލީލު ދައކަމުން 2024 ވަނައަހަރު ޖޯރޑްން ގައި ހުންނަ ނަންބަރ 22 ވަނަ ޓަވަރަށް އީރާނުން ދިން ހަމަލާގައި އެމެރިކާ ސިފައިންގެ އެކަކު މަރުވެ 40 މީހުން ޒަޚަމް ވެފައިވާކަން ފާހަގަކޮށްފައި ވެއެވެ.
ރަޝިޔާއާއި އީރާނުގެ އެއްބައިވަންތަކަމަކީ ހަމައެކަނި ކަރުދާހުގައި ލިއެވިފައިއޮތްވާހަކައެއްނޫނެވެ. އެ ދެ ގައުމުގެ އެކުވެރިކަމުގެ ސަބަބުން އެމެރިކާ މިލިޓްރީގެ އެތައްބަޔަކުވަނީ މަރުވެގޮސްފައެވެ.
ޗައިނާއާއި ރަޝިޔާ އަދި އީރާނާއި އުތުރު ކޮރެއާއިން ހަތިޔާރު އުފެއްދުމުގައި ކުރިއަރާފައިވާ މިންވަރަށްވުރެން އެ 4 ގައުމު ގުޅިލާމެހިފައިވާ މިންވަރަކީ އެމެރިކާއަށް މާބޮޑު ނުރައްކަލެއްކަމަށް އެމެރިކާގެ އެއާރފޯސްއިން ރިޓަޔާރ ކޮށްފައިވާ ލެފްޓިނެންޓް ޖެނެރަލް ރިޗާރޑް ނިއުޓަން ފޮކްސް ނިއުސް ޑިޖިޓަލްއަށް ކިޔާދީފައިވެއެވެ.
އެކްސިސް އޮފް އެގްރެސާރސްގައި ހިމެނޭ 4 ގައުމުގެ ސަބަބުން އެމެރިކާގެ ކުރިމަގު އޮތީ ހުރިހާގޮތަކުންވެސް ވަރަށް ބަނަކޮށްކަމުގައި ކަމށާއި މިސާލެއްގެ ގޮތުން ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައާއި އަދި އެމެރިއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާއިން ނިއުޓަން މިސާލުނަގާފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް