ޕާކިސްތާންގެ ސްވޮޓް ވެލީގައި، ޕޮލިސް ސްޓޭޝަނެއްގެ ބޭރުގައި ބަޔަކު މުޒާހަރާކުރަމުން ދަނިކޮށް އަމިއްލަ ހަށިގަނޑުގައި ބޮން ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 14 މީހުން މަރުވެއްޖެ އެވެ.އަފްޣާނިސްތާނާ ގުޅޭ ބޯޑަރާކައިރި ޕްރޮވިންސެއްކަމަށްވާ ޚައިބަރ ޕަޚްތުންޚުވާ ގައި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.
ސްވޮޓް ޑިސްޓްރިކްޓްގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ވިދާޅުވި ގޮތުގައި އެމީހާ ބޮން ގޮއްވާލާފައިވަނީ ޕޮލިސް ސްޓޭޝަނަށް ވަންނަން އުޅުމުން ހުއްޓުވާ ބަލާފާސްކުރަން ފެށުމުންނެވެ. މިހަމަލާގައި އިތުރު 22 މީހުންނަށް އަނިޔާތައް ލިބިފައިވާއިރު ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައިނުވާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ޕޮލިސް ސްޓޭޝަން ކައިރީ އިއްޔެ ބަޔަކު މުޒާހަރާ ކޮށްފައިވަނީ ސްވޮޓް ވެލީގައި ހަރުކަށިހަމަލާތައް އިތުރު ވަމުން ދާތީ އެކަން ހުއްޓުވާ ދިނުމަށް ގޮވާލައެވެ.ބޮން ގޮއްވާލީ އެއްމެ ފަހު މީހާ ވާހަކަ ދައްކަމުން ދަނިކޮން ކަމަށް ވެއެވެ.
ސްވޮޓްވެލީ ގައި ބާރުގަދަކޮށް ހަމަލާތައް ދެމުން ގެންދަނީ ފައިވަނީ ތެހްރީކޭ ތާލިބާން ޕާކިސްތާން ކިޔާ ހަރުކަށިޖަމާއަތުންނެވެ.2009 ގެ ކުރިންވެސް އެޖަމާއަތް ހަމަލާތައް އިތުރު ކުރަމުން ދިއުމާއި އެކު ސަރުކާރުން މިލިޓަރީ އޮފެންސިވް އެއް ހިންގާ އޭރު ވަނީ ހަގުރާމަވެރިން ފައްސާލާފައެވެ.
އިއްޔެގެ މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ ތެހްރީކޭ ތާލިބާން ޕާކިސްތާން ގެ ހަމަލާތަކުން ހުވަފަތް އަނބިންނާއި ޔަތީމް ކުދިންގެ އިތުރު ޖެނަރޭޝަނެއް އުފެދެން ބޭނުން ނޫން ކަމުގައެވެ.
ބޮމުގެ ހަމަލާއާއި ގުޅިގެން ރައީސް އާސިފް އަލީ ޒަރްދާރީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
![]()
