އެ ގެއެއްގައި ތަޤުވާވެރިކަން އާލާވެއްޖެ ނަމަ ކައިވެނި ތައް ނުރޫޅޭނެތެވެ. ކޮންމެ ހެން ވަކިވާން ޖެހޭ شرعي ސަބަބެއް މެދުވެރި ވިޔަސް ދަރިންނަށްޓަކައި ދީނަށްޓަކައި ، އޮންނަންޖެހޭ މަޞްލަޙަތުތަކަށް ރައްކާތެރި ވާނެ އެވެ. ޢިއްޒަތާއި ޢަބުރު ރައްކާތެރިކޮށް ސިއްރުތަކަށް އަމާނާތްތެރި ވާނެއެވެ. އިންސާނިއްޔަތުކަން ދަމަހައްޓާނެއެވެ.
وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ﴿٢﴾
.އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.
(سورة الطلاق آية2)
وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا﴾.އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ. (سورة الطلاق آية 4)
وَمَن يَتَّقِ ٱللَّهَ يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُعْظِمْ لَهُۥٓ أَجْرًا ﴿٥﴾
އަދި اللَّه އަށް تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ.
(سورة الطلاق آية5)
فَٱتَّقُوا۟ ٱللَّهَ يَـٰٓأُو۟لِى ٱلْأَلْبَـٰبِ
ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!
(سورة الطلاق آية 10 )
![]()
