މާލޭގެ އިމާރާތަކުން ކުޑަކުއްޖަކު ވެއްޓި މަރުވެއްޖެ

މާލޭގެ އިމާރާތަކުން ކުޑަކުއްޖަކު ވެއްޓި މަރުވެއްޖެއެވެ. ފުލުހުންގެ އިދާރާއިން މިއަދު ބުނީ ހެންވޭރު ގެއެއްގެ 5 ވަނަ ފަންގިފިލާގެ ބެލްކަނިން ކުޑަކުއްޖަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކުރީ ރޭ މެންދަމު 00:20 ހާއިރު ކަމަށެވެ. އުމުރުން 4 އަހަރުގެ ކުއްޖާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ދަންވަރު 2:00 ހާއިރުއެވެ. އިމާރާތުން ކުއްޖާ ވެއްޓެން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.  ފުލުހުން އެ ހާދިސާ ހިނގި ގޮތް ބަލަމުންދާ ކަމަށެވެ. […]

ޑރ.މުނައްވަރުގެ ފާޑުވިދާޅުވުން ރައީސް ޞާލިޙަށް: ތަރައްގީގެ މާނަ އެނގޭކަމާމެދު ވެސް ޝައްކު

ދެވަނަ ދައުރެއް ދޭށޭ ވިދާޅުވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތަރައްގީގެ މާނަ އެނގިވަޑައިގަންނަވާތޯ ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ސުވާލު އުފައްދަވައިފިއެވެ. އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޑރ.މުޙައްމަދު މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފައެވެ. މ.ދިމްޔާތުގައި ބޭއްވި ބައްދަލުވުމުގައި ޑރ.މުނައްވަރު ވިދާޅުވީ އިވެމުންދަނީ ރައީސް ޞާލިޙް އިތުރު ދައުރެއްގައި ހުންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވާ ވާހަކަ ކަމަށެވެ.  “ސުވާލަކީ ކުރެއްވެވުނު ވަރު މަދީތޯއޭ. […]

އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ކުރިއަށް ގެންދިޔަ އޮޮޕަރޭޝަން ހުއްޓާލައިފިއެވެ. އައްޑޫ ސިޓީއާ މާލެއާ ދެމެދު މުދާ އުފުލާ ބޯޓެއްކަމަށްވާ އާގަލާ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޯޓު އަޑިއަށްދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ.  އާގަލާ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގީ މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވައެވެ. އޭރު ބޯޓުގައި 5 ދިވެހިންނާއި, އިންޑިއާގެ 5 މީހުންނާއި ބަންގްލަދޭޝްގެ 5 މީހުން ތިއްބެވެ.  އޭގެތެރެއިން 14 މީހުން ކަނޑުވެފައި ތިއްބައި އެމްއެންޑީއެފް ސެންޓްރަލް […]

މޯލްޑިވިއަންގެ ފްލައިޓެއް އިމަޖެންސީގައި ޖައްސައިފި

މޯލްޑިވިއަންގެ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިމަޖެންސީގައި އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވުމުން އިމަޖެންސީގައި އަނބުރާ ވީއައިއޭއަށް ޖެއްސީ މިއަދު ހެނދުނު ލ.ކައްދުއަށް ފުރި ފްލައިޓެކެވެ. މޯލްޑިވިއަންއިން ބުނީ ފުރިތާ މާގިނައިރެއް ނުވަނީސް ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން ޕައިލެޓަށް ފާހަގަކުރެވުމުން އަނބުރާ ޖެއްސީ ކަމަށެވެ.  މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވާކަމަށް މޯލްޑިވިއަންއިން ބުންޏެވެ. މޯލްޑިވިއަންއިން ބުނީ އެ އެއާލައިންގެ އިންޖިނިއަރުން އެ މައްސަލަ […]

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒްއަށް

ރައްޔިތުންގެ މަޖިލިސް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ޓިކެޓް, އިބްރާހިމް ޝާޒް ކަށަވަރު ކުރައްވައިފިއެވެ. މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވީ 4 ބޭފުޅުންނެވެ.  މުޙައްމަދު މުޞްޠަފާ, ވިވިޑް/ކ.މާފުށި ސަލްމާން ރަޝީދު, މާފަރިވާގެ/ކ.މާފުށި އިބްރާހިމް ޝާޒް, ހ.ތާޅަފިލިގެ/މާލެ ޢަބްދުﷲ ސަޢީދު, ވެލި/ކ.ގުރައިދޫ މި އިންތިޚާބުގައި 844 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު, ވޯޓުލާފައިވަނީ 590 މީހުންނެވެ. ސައްހަ ވޯޓުގެ އަދަދަކީ 582 އެވެ. ބާތިލު ވޯޓުގެ އަދަދަކީ 08 އެވެ. […]

ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ ޕީޕީއެމްގެ ޓިކެޓް ރިޟާގެ ކޮއްކޮއަށް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ޕީޕީއެމްގެ ޓިކެޓް, އެ ދާއިރާގެ ކުރީގެ މެންބަރު މަރުހޫމް އިބްރާހިމް ރިޟާގެ ކޮއްކޮ ޙުސައިން ރިޟާއަށް ދީފިއެވެ. މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިބްރާހިމް ރިޟާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ ގޮތުން އިލެކްޝަން ކޮމިޝަނުން ވަނީ އެ ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ އޭޕްރީލް 15 އަށް ތާވަލުކޮށްފައެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި […]

ބަސްތައް ހޯދުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ސާމީގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

އެއްބަސްވުމާ ޚިލާފަށް ޝަރުތު ހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމައި އެ ބަސްތައް ބަލައިގަންނަން އަންގާފައިވާތީ ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރު ޖެނަރަލް ސާމީ އަގީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އޭސީސީން މިއަދު ބުނި ގޮތުގައި ރީޖަނަލް އެއަޕޯޓްސްއަށް ބޭނުންވާ ބަސްތަކެއް ސަޕްލައިކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ބަސްތަކުގައި ހުންނަންވާނެކަމަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމައެއް ނުވެއެވެ.  އެހެން އެކަން އޮތްއިރު […]

އޮސްޓްރޭލިޔާގެ ކުންފުންޏަކަށް ދިން 550,000 ޑޮލަރު ހޯދަން އޭސީސީން އަންގައިފި

ހުޅުމާލޭގައި 690 ހައުންސިންގ ޔުނިޓް އެޅުމުގެ މަސައްކަތާ ގުޅިގެން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007 ވަނަ އަހަރު ދީފައިވާ 550,000 އެމެރިކާ ޑޮލަރު ހޯދަން އަންގައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ އެމްޓީސީސީގެ %99.99 ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއާރުއީއައިސީ) އިން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007 ވަނަ އަހަރު ދީފައިވާ 550,000 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީއަށާއި އެމްއާރުއީއައިސީއަށް އަންގާފައިވާ ކަމަށެވެ. އޭސީސީން މިގޮތަށް އަންގާފައިވަނީ […]

ރައީސުންގެ މައްސަލަ ސްޕްރީމް ކޯޓުން ބޭރުކޮށްލައިފި

ނައިބު ރައީސް ފައިޞަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބޭރުކޮށްލައިފިއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ސިންގަޕޫރަށް ވަޑައިގެން އޮޕަރޭޝަނެއް ކުރެއްވި ވަގުތުގައި ވަގުތީ ގޮތުން ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ގޮތުން ނައިބު ރައީސް ފައިޞަލް ވަނީ  ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ގާނޫނީ ހުވާކުރައްވައިފައެވެ. ފައިޞަލް ހުވާކުރެއްވީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ […]

ޝަކީލު ހައިކޯޓަށް އައްޔަންކުރުމަކީ ރިޝްވަތުގެ އަމަލެއް: އިދިކޮޅު

މަނީލޯންޑަރިންގ މައްސަލައިގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލް, ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ. ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއްޔެ ވަނީ ނިންމާފައެވެ. އިދިކޮޅުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަކީލް ހައިކޯޓަށް އައްޔަންކުރުމަކީ ރައީސް ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް އަނިޔާވެރިވުން ކަމަށެވެ.  އަދި ރައީސް […]