ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ ޕީޕީއެމްގެ ޓިކެޓް ރިޟާގެ ކޮއްކޮއަށް

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ޕީޕީއެމްގެ ޓިކެޓް, އެ ދާއިރާގެ ކުރީގެ މެންބަރު މަރުހޫމް އިބްރާހިމް ރިޟާގެ ކޮއްކޮ ޙުސައިން ރިޟާއަށް ދީފިއެވެ.

މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިބްރާހިމް ރިޟާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

އެ ގޮތުން އިލެކްޝަން ކޮމިޝަނުން ވަނީ އެ ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ އޭޕްރީލް 15 އަށް ތާވަލުކޮށްފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ޕްރައިމަރީއަށް ހުޅުވައިލުމުން ކުރިމަތިލެއްވީ ޙުސައިން ރިޟާ އެކަންޏެވެ.

އެހެންކަމުން ޕީޕީއެމްއިން ވަނީ އިންތިޚާބަކާ ނުލައި އޭނާއަށް ޓިކެޓުދޭން ނިންމާފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި 23 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ޢަލީ އަރީފެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 11 ހޮނިހިރު ދުވަހުއެވެ. އެމްޑީޕީގެ ޕްރައިމަރީގައި 4 ބޭފުޅަކު ވާދަކުރައްވައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް