ރައްޔިތުންގެ މަޖިލިސް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ޓިކެޓް, އިބްރާހިމް ޝާޒް ކަށަވަރު ކުރައްވައިފިއެވެ.
މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވީ 4 ބޭފުޅުންނެވެ.
މުޙައްމަދު މުޞްޠަފާ, ވިވިޑް/ކ.މާފުށި
ސަލްމާން ރަޝީދު, މާފަރިވާގެ/ކ.މާފުށި
އިބްރާހިމް ޝާޒް, ހ.ތާޅަފިލިގެ/މާލެ
ޢަބްދުﷲ ސަޢީދު, ވެލި/ކ.ގުރައިދޫ
މި އިންތިޚާބުގައި 844 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު, ވޯޓުލާފައިވަނީ 590 މީހުންނެވެ. ސައްހަ ވޯޓުގެ އަދަދަކީ 582 އެވެ. ބާތިލު ވޯޓުގެ އަދަދަކީ 08 އެވެ.
ވަގުތީ ނަތީޖާއިންް ދައްކާ ގޮތުން 311 ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރެއްވީ ޝާޒެވެ. ސަލްމާނަށް 190 ވޯޓު ލިބުނުއިރު މުޞްޠަފާއަށް ލިބުނީ 66 ވޯޓެވެ. ސަޢީދަށް ލިބުނީ 12 ވޯޓެވެ.
ގުރައިދޫ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އޭޕްރީލް 15 ވާ ހޮނިހިރު ދުވަހުއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހިމް ރިޟާ މިިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. ރިޟާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
![]()
