ވިލިމާލެއިިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ވިލިމާލެއިިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 13 އަހަރުގެ ޢާއިޝަތު ޒޯޔާއެވެ. އާާއިލާއިން ބުނި ރޭ 19:30 ހާއިރު ގޭ ކައިރި ހުންނަ ފިހާރައަކަށް ދަނީކަމަށް ބުނެފައި ނިކުތް ގޮތަށް ޒޯޔާގެ ޚަބަރެއް ނުވެއެވެ. ފުލުހުންގެ އިދާރާއިން މިއަދު ވިދާޅުވީ ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ރޭ ދަންވަރު 1:33 ހާއިރު ކަމަށެވެ. އެ ގޮތުން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ […]

ޕީޕީއެމްގެ ކެންޑިޑޭޓް ޙުސައިން ރިޟާގެ ކެމްޕޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޙުސައިން ރިޟާގެ ކެމްޕޭން މިއަދު ފަށައިފިއެވެ. ޕީޕީއެމްއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ރިޟާގެ ޑޯޓުޑޯ ކެމްޕެއިން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕާއެކު މިއަދު ދާއިރާގެ ތިން ރަށުގައި ކުރިއަށްދާނެ ކަމަށެވެ.  ޕީޕީއެމްގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި ތ.ގުރައިދޫ ދާއިރާގެ މުޙައްމަދު ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާ އިތުރު ބޭފުޅުންނާއެކު ޙުސައިން ރިޟާ މިހާރު ވަނީ ދޮރުން […]

ރައީސް ޔާމީންގެ އެއާޕޯޓުގެ ޑިޒައިން ވަރަށް ރީތި: ނަޝީދު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ގދ.ފަރެސްމާތޮޑާގައި އަޅުއްވަން ފެށްޓެވި އެއާޕޯޓު ޑިޒައިންކޮށްފައިވާ ގޮތުގެ ފުރިހަމަކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.   ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އެއާޕޯޓުގެ ޑިޒައިން ވަރަށް ރީތި ކަމަށެވެ. އަދި އެއާޕޯޓު ފަރުމާކޮށްފައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ސިފަކުރެވޭ ކަމުގައެވެ. “ރައީސް ޔާމީންގެ އެއާޕޯޓުގެ ޑިޒައިން ވަރަށް ރީތި. ވެލާނާ އެއާޕޯޓު ވެސް ކޮންމެވެސް ވަރަކަށް ފެނޭ.“ […]

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި މޫސާ ޢަލީ ޖަލީލަށް ދައުވާކޮށް ދިނުމަށް އެދިއްޖެ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖަރ ޖެނަރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އޭސީސީން މިއަދު ބުނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރސީއަށް ލިބުނު ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިކޮށް މޫސާ ޢަލީ ޖަލީލަށް ލިބިފައިވާ ފައިސާއަކީ  ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށެވެ. އެއީ […]

“ޖޭޕީން ވަކިން ވާދަކުރަން ނިންމީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގައުމު އަޅުވެތިވެދާނެތީ“

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގައުމު އަޅުވެތި ވެދާނެކަމުގެ ބިރު އޮތުމުން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދައުވަތު ދެއްވާފައިވަނިކޮށް, ޖޭޕީން ނިންމާފައިވަނީ އިންތިޚާބުގައި ވަކިން ވާދަކުރުމަށެވެ. ޖޭޕީން އިސްވެ އޮވެ އުފައްދާ […]

ސަރުކާރުން ބުނަނީ ބުރިޖުގެ ޝެޑިއުލް ހާމަނުކުރެވޭނެ ކަމަށް

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ޝެޑިއުލް ހާމަކުރެވެން ނެތް ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.   “މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ“ ދަށުން, އަމިއްލަ ފަރާތަކުން ތިލަމާލެ ބުރިޖުގެ ޝެޑިއުލް ހޯދުމަށް އެދި ޕްލޭނިންގ މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ބުނީ ޝެޑިއުލް ހާމަކުރެވެން ނެތް ކަމަށެވެ. “ތިލަމާލެ ބުރިޖު މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާއެކު ވެފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށް އެ އެއްބަސްވުމުގައި ހިމެނޭ ބައިތަކުގެ ކޮންފިޑެންޝަލިޓީ ހިފަހައްޓަންޖެހޭތީވެ […]

އީރާނުގެ ސްކޫލްކުދިންނަށް ވިހަލުމުގައި އިނގިރޭސި ސަފީރަށް ތުޙުމަތު  

މިފަހަކަށް އައިސް އީރާނުގެ ސްކޫލްތަކެއްގައި އަންހެން ކުދިންތަކެއް ވިހަވަމުންދިއުމުގެ މައްސަލާގައި އެގައުމުގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ސައިމަން އަށް ތުޙުމަތު ކުރެވޭ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ އިންގިލާބީ ގާޑުން ހިންގާ ނިއުސް ވެބްސައިޓެއްގައި ހާމަކޮށްފިއެވެ.  ފާއިތުވެގެންދާ ދެތިން މަސްދުވަހުގެ ތެރޭގައި އީރާނުގެ އެތައް ސްކޫލެއްގައި އަންހެން ކުދިންނަށް ނޭވާ ލުން އުދަނގޫ ވުމާއި ވަރުބަލިވުމާއި އަދި ވަރަށްބޮޑަށް ގައިގާ ކެހުމުގެ ސިއްޙީ މައްސަލަތަކެއް ދަނީ ކުރިމަތި ވަމުންނެވެ. ބޭސްފަރުވާއިން އެކުދިންނަށް އަވަސް ޝިފާއެއް ލިބެމުންދިޔަނަމަވެސް މި މައްސަލަ ދަނީ އިތުރުވަމުންނެވެ. މިކަމުގައި […]

ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުސޫލުތަކާ ޚިލާފަށް ތ.ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.   މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ތ.ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސް ޙުސައިން އަޙަދުއާއި އެ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ސަރާޙްގެ މައްޗަށެވެ.  އޭސީސީން މިއަދު ބުނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި […]

ވަކީލު އާދަމް އާސިފް ހައްޔަރުކުރުމަކީ ފިނޑި އަމަލެއް

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ގާނޫނީ ވަކީލު އާދަމް އާސިފް ހައްޔަރުކުރުމުން އިިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވަކީލު އާސިފް ހައްޔަރުކުރީ އިދިކޮޅު ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިންނެވެ. އެކަން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ ވަކީލު އަދި ޕީޕީއެމްގެ އިސްތިއުނާފު ކޮމިޓީގެ ނާއިބު މުގައްރިރު އާސިފް ހައްޔަރުކުރުމަކީ ފިނޑި އަދި ނާތަހުޒީބު އަމަލެއް ކަމަށެވެ. އެއީ ބިރު ދެއްކުމުގެ އަމަލެއް ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށް ވެސް […]

އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ މުދާ ބޭނުންކުރާ މައްސަލަ ހައްލުކުރަންޖެހޭ: ނަޝީދު

އިންތިޚާބުތަކާ ދިމާކޮށް ވެރިކަމުގެ ފަރާތުން ދައުލަތުގެ މުދަލާއި ދައުލަތުގެ މީޑިއާ ބޭނުންކުރަމުންދާ މައްސަލައަށް ގާނޫނީ ހައްލެއް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހަފުތާގައި ޔޫރަޕިއަން ޔޫނިއަން އިލެކްޝަން އޮބްޒަވޭޝަން ޓީމެއް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރެއްވި ކަމަށެވެ. އިންތިޚާބުތަކާ ގުޅޭ ގޮތުން އެ ބޭފުޅުން ބައެއް ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށާއި ނަމަވެސް ސަރުކާރުގެ ފަރާތުން އިންތިޚާބުތަކާބެހޭ […]