އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި މޫސާ ޢަލީ ޖަލީލަށް ދައުވާކޮށް ދިނުމަށް އެދިއްޖެ

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖަރ ޖެނަރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރސީއަށް ލިބުނު ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިކޮށް މޫސާ ޢަލީ ޖަލީލަށް ލިބިފައިވާ ފައިސާއަކީ  ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށެވެ.

އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި ހުރެ މޫސާ ޢަލީ ޖަލީލް ހޯދާފައިވާ ފައިސާކަމާއި, އެ ފައިސާ މޫސާ ޢަލީ ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ހޯދިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެއީ 1,000,000 ރުފިޔާ ކަމަށާއި އެ ފައިސާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މޫސާ ޢަލީ ޖަލީލްގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެވެ

Loading

3 Responses

  1. ނަޝީދު ބުނުއްވި 210 މީހުން އެބުނާ އޭނާ ފޮރުވައިގެން ގެންގުޅޭ ލިސްޓްގައި ވެޔޭ. އޭގެތެރެއިން އެކަކަށް ދަޢުވާކޮށް ދަމާތީއޭ ދެރައީ. މިހާރު ދެން އިތުރު 2 މީހުން ވީތާ؟ ވީމާ ދެން ބަލަން އޮންނާނީ 207 މީހުންގެ މައްސަލަތާއެވެ. 5 އަހަރު ދުވަހުގެ ތެރޭގައި ރައީސް ކަމާއި ، މިޖިލީހާއި ޖޭއެސްސީ އާއި ކައުންސިލްތައެްކުގެ މެޖޯރެޓީ ލިބުނާ ބޮޑު ކުރިއެރުމެއްދޯ؟ ލަދުކޮބާ؟ އަދި ތި ދެމީހުންގެ އުންސުރު ހަމަނުވެދާނެ ޕީޖީ ބޭފުޅާއަށް . އޭރުން އަލުން އަނބުރާ ފޮނުވާލާނީ އަލުން މައްސަލަބަލަން . އިނދާލަން ޖެހޭ މީހާގެ އުންސުރު ވަރަށް ރަނގަޅަށް ހަމަވާނެއެވެ. ނާއިންސާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދެވޭ ސަރުކާރެް މަޖިލިސްއެއް މިއޮތީ!

  2. ނަޝީދު އަތްޕުޅުގައި އޮތް ލިސްޓު ހާމަ ނުކުރުމަކީ ގާނޫނީ ގޮތުން ކޮންކަހަލަ ކަމެއްކަން ބުނެދޭނެ ބޭފުޅަކަށް އިންތިޒާރު ކުރެވެއެވެ. އެ ބޭފުޅާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ސަރުކާރުގެ މަގާމެއގައި ހުންނެވި ބޭފުޅެއް ނޫނެވެ. އެބޭފުޅާއަށް އެނގިވަޑައިގަންނަވާ އެއްޗެއް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައްޔިތުންނަށް ސިއްރުކޮށްގެން ނުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް